ތަނަވަސް، ހެޔޮލަފާ އަނބިމީހާގެ އަތުން ފައިސާހޯދައި ލޯބިވެރިންނަށް ޚަރަދުކުރާ މީހުންނަށް ޢިބްރަތަކަށް ފުދޭނެ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ތަނަވަސް، ހެޔޮލަފާ އަނބިމީހާގެ އަތުން ފައިސާހޯދައި ލޯބިވެރިންނަށް ޚަރަދުކުރާ މީހުންނަށް ޢިބްރަތަކަށް ފުދޭނެ ޙާދިސާއެއްގެ ވާހަކަ-

އެއީ އަނބިމީހާގެ ތަނަވަސްކަމުގައި ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. ފިރިމީހާ މާގިނައިން ފައިސާއަށް ބޭނުންވާން ފެށުމުން އަނބިމީހާއަށް ޝައްކުތަކެއްވިއެވެ. އެހެންވެ ފައިސާ ދިނުން މަދުކޮށްލިއެވެ. އަދި ފިރިމީހާގެ ޙަޤީޤަތް ހޯދުމުގެ މަސައްކަތް ފެށިއެވެ.  

ދެމަފިރންވެސް ތިބީ އެނދުގައެވެ. ދެމީހުން ނިދާ އެނދުގައެވެ. ދެމީހުންވެސް ފޯނަށް ވަރަށް ބިޒީއެވެ. ކުއްލިއަކަށް އަނބިމީހާ އެނދުންވެފައި ބުންޏެވެ. "ފުދިއްޖެއެވެ. 5 އަހަރުވަންދެން ބޭނުންވާ ހުރިހާ ކަމެއް ކޮށްދީގެން ލޯބިން ވަފާތެރިކަމާއިއެކުގައި އުޅުނުކަމުގެ އަގުލިބިއްޖެއެވެ. ދެން ރަނގަޅުވާނީ އަވަހަށް މިގެއިން ނުކުމެގެން ދިއުމެވެ."

ފިރިމީހާއަށް ލިބުނީ ސިހުމެކެވެ. ކުށަކީ ކޮބައިތޯ ސުވާލުކުރުމުން ބުންޏެވެ. "ޝެރީން" އިންސްޓަގްރާމް އެކައުންޓަކީ އަހަރެންގެ ފޭކް އެކައުންޓެކެވެ. މިރޭ މިއެނދުގައި ތިބެގެން ދެންމެ އަހުރެންގެ އަތުން 10000 ރުފިޔާ ތިބާގެ އެކައުންޓަށް ޖަމާކުރުވާފައި ވަޤުތުން ތިއަ ޓްރާންސްފަރކޮށްދިނީ ލޯބިވެރިޔާ ޝެރީންއަށެވެ. ބޭނުންނަމަ ބަލައިލާށެވެ. ފޯނު މިއޮތީއެވެ. ބަލިވެ ހޮސްޕިޓަލުގައި އޮތް މަންމައަކީ ލޯބިވެރިޔާ ޝެރީންދޯއެވެ!"  

ފިރިމީހާއަށް ބުނާނެ އެއްޗެއް ނުއެނގި އޮންނަން ފެށުމުން ބުންޏެވެ. "މިދަންވަރުވީމާ ގެއިން ނުކުންނަން އުނދަގޫނަމަ ސާވަންޓް ރޫމުގައި މިރޭ ނިދައިލާށެވެ. އެކޮޓަރި މިރޭ އެހުރީ ހުހަށެވެ. ހަނދުނު އަހަރެން ހޭލައި ނުކުންނަންވާއިރަށް ގެއިން ނުކުމެގެންދާންވާނެއެވެ."  

އެކަމަކު އޭނާ ނުދެއެވެ. އަނބިމީހާ ހެނދުނު ނުކުތްއިރު ސިޓިންގ ރޫމުގައި އިނެވެ. މާފަށް އެދި އަނބިމީހާއަށް އާދޭސްކުރަން ފެށުމުން ބުންޏެވެ. "ގޭގައުޅޭ އަޙްމަދު މިއަދު އަންނާނެއެވެ. އެހެންވީމާ ރޭ ނިދިކޮޓަރިވެސް މިރެއަކު ހުހެއް ނުވާނެއެވެ. ކަލޭފަދަ ނަޖިސް މީހަކު އަހުރެންގެ ކޮޓަރިއަށް ވައްދާކަށް ނެތީމެވެ. އެޗްއައިވީ ޖެހޭކަށް ބޭނުމެއް ނޫނެވެ. މިހާރުވެސް މިހުރެވެނީ ސަލާމަތުންކަން އެނގޭނީ ޓެސްޓްތައް ހަދައިލީމައެވެ."  

ދެން އެހެން ގޮތެއް ނެތުމުން ގެއިން ނުކުމެގެންދިއައީ ރޮމުންނެވެ.

ދިގުކުރަން ގިނަވާހަކަތައް ނުލިޔުނީއެވެ. މިއީ އަޅުގަނޑުގެ އެކުވެރިޔާގެ ފިރިމީހާގެ ނުބައިކަން ޔަޤީންކުރެވި އޭނާގެ ކިބައިން ސަލާމަތްވެވުނު ގޮތެވެ. ތިމާދެކެ ލޯބިވާ ހެޔޮލަފާ ތަނަވަސް އަންތބަކު ލިބުނީމާވެސް ﷲ އަށް ޝުކުރުވެރިނުވެވޭ މީހުންނަށް މިޙާދިސާއިން އެކަނިވެސް އަދި މިލިޔުނުވަރުންވެސް ފުދޭނެއެވެ. އަހުރެން އުންމީދުކުރަނީ ކޮންމެވެސް ބައަކަށް މިވަރުންވެސް ފުދި ޢިބްރަތް ޙާޞިލުކުރެވޭނެ ކަމަށެވެ.  

 

- -ޓާނިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން