މި ލިއުމުގެ މި ގެނެސްދެނީ، "ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވާއިދުގެ މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ މި ގަވާއިދުގެ ދެވަނަ ބާބު "ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގެ ޕްލޭނިންގ އާއި އިމާރާތްކުރުން" ގެ މާއްދާތަކެވެ.
"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، ދެވަނަ ބާބުގެ 6 ވަނަ މާއްދާ:
އިމާރާތް ކުރުމުގެ ހުއްދަ ހޯދުން 6.
(ހ) ހުޅުމާލޭގައި އެއްވެސް އިމާރާތެއް ކުރަން ފަށަންވާނީ، އިމާރާތްކުރުމުގެ ހުއްދައަށް އެދި އެޗް.ޑީ.ސީއަށް ހުށަހަޅައި ހުއްދަ ހޯދުމަށް ފަހުގައެވެ.
(ށ) އިމާރާތްކުރުމުގެ ހުއްދައާއި އިމާރާތްކުރުމާ ގުޅޭ އެހެނިހެން ހުއްދަތައް ދޫކުރާނީ، އިމާރާތުގެ ކުރެހުން އެޗް.ޑީ.ސީއަށް ހުށަހަޅައި، ފާސްކުރުމުންނެވެ.
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ