ހޮޅުއަށި މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު މުނިފޫހިފިލުވުމާއި، ތައުލީމީ އަދި ގޭމިންގެ ހިދުމަތްތައް ލިބޭނެ: އުރީދޫ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ހޮޅުއަށި މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު މުނިފޫހިފިލުވުމާއި، ތައުލީމީ އަދި ގޭމިންގެ ހިދުމަތްތައް ލިބޭނެ: އުރީދޫ

އުރީދޫ ހޯޅުއަށްޓަކީ އުރީދޫ ސުޕަ އެޕްގައި ހިމެނިފައިވާ ޑިޖިޓަލް ކޮންޓެންޓް މާކެޓްޕްލޭސްއެކެވެ. މިއީ އުރީދޫގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކި ބާވަތުގެ ޑިޖިޓަލް އުފެއްދުންތައް ބަލައި، ގަތުމަށް ފަރުމާކޮށްފައިވާ އެއް މަންޒިލެކެވެ. ފަސޭހަ އިންޓަފޭސަކާއެކު ފަރުމާކޮށްފައިވާ މި ޕްލެޓްފޯމުން ކޮންމެ ތަނެއްގައި ހުރެގެން ވެސް މުނިފޫހިފިލުވުމާއި ތައުލީމީ މައުލޫމާތުތައް ހޯދޭނެއެވެ.

ތަފާތު ޝައުގުވެރިކަން ހުރި ކަސްޓަމަރުންނަށް އަމާޒުކޮށް، ހޮޅުއަށިން އޯޑިއޯ ބުކްސް، ގޭމް، ކުޑަކުދިންނަށް ހާއްސަ ކޮންޓެންޓް، ހެލްތު އެންޑް ފިޓްނަސް އަދި އެންޓަޓެއިންމަންޓް ފަދަ ގިނަ ކޮންޓެންޓްތަކެއް ލިބެން ހުރެއެވެ. ކަސްޓަމަރުންގެ ޑިޖިޓަލް ބޭނުންތަކާ އެއްގޮތަށް، މި ޕްލެޓްފޯމަށް އާ ކޮންޓެންޓްތައް އަބަދުވެސް އިތުރުކުރަމުންދެއެވެ.

އުރީދޫ މޯލްޑިވްސްއިން މިހާރު ވަނީ މީޑިއާނެޓް ސީޒަން ޕާސް ހޮޅުއަށި މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ. މި ބަދަލާއެކު، ލައިވް ޓީވީ އާއި އޮން-ޑިމާންޑް ކޮންޓެންޓް އަދި ސްޕޯޓްސް ކަވަރޭޖް ފަދަ ޕްރީމިއަމް އެންޓަޓެއިންމަންޓް ހިދުމަތްތައް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބޭނެއެވެ.

ކަސްޓަމަރުންނަށް އުރީދޫ ސުޕަ އެޕް މެދުވެރިކޮށް ހޮޅުއަށްޓަށް ވަދެ، މޮބައިލް ބެލެންސް ބޭނުންކޮށްގެން ފަސޭހަކަމާއެކު ވިޔަފާރި ކުރެވޭނެއެވެ. ޕްރީޕެއިޑް ކަސްޓަމަރުންނަށް ވިޔަފާރިކުރާ ވަގުތު އެ އަދަދު ބެލެންސްއިން ކެނޑޭނެއެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަހު ފީއާއެކު މި ހަރަދުތައް ދެއްކުމުގެ ފުރުސަތު ލިބޭނެއެވެ.

މިއަދު އޮންލައިން