އުފަންވެލި ޝޮޕްތަކަށް ދަނޑިއަލުވި ފުށުގެ އައު ޝިޕްމަންޓެއް ލިބި ވިއްކަމުން ގެންދާކަމަށް އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފިއެވެ.
ދަނޑިއަލުވި ފުށަކީ ގެތަކާއި އަދި ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުންވެސް ބޭނުން ކުރުމަށް ރަގަޅު ސިއްހަތަށް ފައިދާހުރި ބާވަތެއްކަން އެފަރާތުން ފާހަގަ ކުރެއެވެ.
ދަނޑިއަލުވި ފުށަކީ އިހުޒަމާނުން ފެށިގެންވެސް ރާއްޖޭގައި މީރު ކެއުމުގެ ބާވަތްތައް ހެދުމަށް ބޭނުން ކުރަމުން އައި އެއްޗެކެވެ. ބޭނުން ކޮށްލަން ތައްޔާރަށް ހުރި ފުށް ޕެކެޓް މިހާރު ލިބެން ހުރުމާއި އެކު ދަނޑިއަލުވި ނޮޅާ ، ގާނާ ހެދުމުގެ ބުރަ މަސައްކަތް ކުރާކަށް ނުޖެހޭނެއެވެ.
މިގޮތަށް ބޭނުން ކޮށްލަން ތައްޔާރަށް ހުރި ފުށް ޕެކެޓް ލިބެން ހުރުމުން ވަގުތު ސަލާމަތްވެފަ މަސައްކަތްވެސް އެތައް ތަނެއް ލުއި ވެގެން ދެއެވެ.
ބޭނުން ކޮށްލަން ތައްޔާރަށް ހުރި ފުށް ޕެކެޓް ބޭނުން ކޮށްގެން ގޭގޭގައިވެސް އިހުގެ މީރު ކެއުމުގެ ބާވަތްތައް ތައްޔާރު ކޮށްލަން ފަސޭހަ ވުމުގެ އިތުރުން ގިނަ އަދަކަށް ކާބޯތަކެތި ތައްޔާރު ކުރާ ފަރާތްތަކަށް ވެސް ފަސޭހަ ތަކެއް ލިބިގެން ދެއެވެ.

ޕެކެޓް ކޮށްފައި ހުންނަ ދަނޑިއަލުވި ފުށް ޕެކެޓްގައި ހުންނަ ފުށް، ތަފާތު ނުވެ އެއްގޮތެއްގައި ހުރުމުން އުފައްދާ ބާވަތްތަކުގެ ފެންފަރު ހިފެހެއްޓުމަށްވެސް އެހީތެރި ވެދެއެވެ. ދަނޑިއަލުވި ފުށް ބޭނުން ކޮށްގެން އިހުގެ ކެއުމުގެ ބާވަތްތަކާއި އަދި މިޒަމާނުގެ އުފެއްދުންތައްވެސް ތައްޔާރު ކޮށްލެވެއެވެ. މިގޮތުން ތައްޔާރު ކޮށްލެވޭނެ މީރު ބާވަތްތަކުގެ ތެރޭގައި:
- ދަނޑިއަލުވި ބޯކިބާ
- ކަސާވާ ކޭކު އަދި އެފަދަ އެހެން ޑެސަރޓް ތައް
- ޕޭން ކޭކް އަދި ދިވެހިން ތައްޔާރު ކުރާ ފޮޅީގެ ބާވަތްތައް
- ފޮނި އަދި ލޮނު ފްރިޓަރސް
- ގްލޫޓަން ފްރީ ކާތަކެތި
ދަނޑިއަލުވި ފުށަކީ ހިމުން ފުށަކަށް ވެފައި ރަހަ މާގަދަ ނޫން ބާވަތަކަށް ވާތީ ދިވެހި ރެސިޕީ ތަކުގަޔާއި ކެފޭތަކާއި ރެސްޓޯރަންޓް ތަކުގައި އުފައްދާ އައު އީޖާދު ތައް ހަދާލުމަށް ވެސް ފަސޭހަ ވެފައި މަގްބޫލްކަން ލިބޭ ބާވަތެކެވެ.
ދަނޑިއަލުވި ފުށުން ލިބޭ ސިއްހީ ފައިދާ ތައް:
ދަނޑިއަލުވި ފުށުން ލިބޭ ސިއްހީ ފައިދާ ތަކަށް ބަލާއިރު ގްލޫޓަން ނުހިމެނޭ ބާވަތްތައް ކާން ޖެހޭ މީހުން ބޭނުން ކުރުމަށްވެސް މިއީ ރަގަޅު ބާވަތެކެވެ.
ދަނޑިއަލުވި ފުށުން ރަގަޅު މިންވަރަކަށް ކާބޯހައިޑްރޭޓް ލިބިދޭއިރު އެއީ ފަސޭހައިން ހަޖަމުވެސް ވާ ފުށުގެ ބާވަތެކެވެ. ދަނޑިއަލުވި ފުށުގައި ފެޓް މިމާއްދާ އެއްވެސް ވަރަކަށް ނުހިމެނޭއިރު އާޓިފިޝަލް އެއްވެސް އެއްޗެއް މިފުށަށް އެއްކޮށްފައެއް ނުވެއެވެ.
ކަން މިހެން ހުރުމުން ދަނޑިއަލުވި ފުށަކީ ވަރަށް ގިނަ ރެސިޕީތައް ތައްޔާރު ކޮށްލުމަށް ބޭނުން ކުރެވިދާނެ ބާވަތެކެވެ. ކެފޭތަކާއި ރެސްޓޯރަންޓްތަކުން ލިބެން ހުންނަ މީރު ބާވަތްތައް، މިވައްތަރުގެ ފުށް ފެކެޓް ބޭނުން ކޮށްގެން ހުސްނުވެ ފޯރު ކޮށްދެވޭނެއެވެ. އަދި ގެތަކުގައިވެސް މަސަކަތަށް ހޭދަވާ ވަގުތު މަދު ކޮށްދީ މަސައްކަތް ފަސޭހަ ވާނެއެވެ.
މަޑިހާ ކުންފުނިން ބުނެފައިވާ ގޮތުގައި ކަސްޓަމަރުން އެދެނީ ބޭނުންކޮށްލަން ފަސޭހަ ރަގަޅު ކޮލިޓީގެ ތަކެތިކަން އެފަރާތަށް އިހުސާސް ކުރެވެއެވެ. އެހެން ކަމުން މިފޯރުކޮށްދޭ ދަނޑިއަލުވި ފުށް ޕެކެޓަކީ މިދެކަންތައް ވެސް ފުރިހަމަވާނެ ބާވަތެއް ކަމަށް އެފަރާތުން ބުނެފައި ވެއެވެ.
މިވައްތަރުގެ ދަނޑިއަލުވި ފުށް ޕެކެޓް މިހާރު މަޑިހާ ކޮމްޕެނީގެ ޑިސްޓްރިބިއުޝަން ނެޓްވަރކް އާއި ގުޅުމުން ލިބެން ހުންނާނެއެވެ.މީގެ އިތުރުން މާލެއާއި ހުޅުމާލޭގައި ހުންނަ އުފަންވެލި ފިހާރަތަކުން ރީޓެއިލް އަދި ހޯލްސޭލް ކޮންވެސް މިބާވަތް ލިބެން ހުންނާނެއެވެ.
