ދަރިފުޅާއެވެ! މަންމައަށް މިފެންނަނީ ދަރިފުޅު ގެއިން ބޭރުން އުފާހޯދަމުން ގެންދާ ތަނެވެ. ރޭގަނޑު ގެއަށް ނައިސް ހެނދުނު ގެއަށް އަންނަތަނެވެ. އަންތބަކު ނެތި އެކަނި ހުންނަ ނުރަނގަޅު މީހަކު އުޅޭ ގޮތަށް އުޅެމުން އަންނަ ތަނެވެ.
ދަރިފުޅާއެވެ! ދަރިފުޅުގެ އަނބިމީހާ މާފުކުރާތީ ތިއަހެން އަބަދު އުޅެވޭނެ ކަމަށް ހީނުކުރާށެވެ! އަނބިމީހާ މާފުކުރުން ހުއްޓައިލާނެ ދުވަހެއް އަންނާނެއެވެ. މަންމަ އެންމެ ދެރަވަނީ ދަރިފުޅުގެ ތިއަ ނުބައި އުޅުމުގެ ސަބަބުން އަނބިމީހާ ދަރިންނަށްޓަކާ މާފުކުރިޔަސް ﷲ ތަޢާލާ މާފުނުކުރައްވަވާނެ ދުވަހެއް އަތުވެދާނެތީއެވެ.
ދަރިފުޅާއެވެ! މިއީ މަންމައާއިބެހޭ ކަމެއް ނޫނޭ އަހަރެމެން ދެމަފިރިންގެ ކަމެކޭ ނުބުނާށެވެ! މިއީ މަންމައާއިބެހޭ ކަމެކެވެ. ތިއައުޅެނީ ބައްޕަ އުޅުނު ގޮތަށެވެ. މަންމަވެސް މާފުކުރީމެވެ. އެކަމަކު އިމުން ނެއްޓީމާ މަންމައަށް ކަންތައް ކުރެވުނު ގޮތާ އެކަމުން ބައްޕައަށް މެދުވެރިވި ކަންކަމަށް ވިސްނާށެވެ!
ދަރިފުޅަށް ލިބިފައިވާ ދަރިފުޅުދެކެ ލޯބިވުމުގަ އިމެއް ނެތް އަނބިމީހާއާއިމެދު ތިއަގޮތަށް ކަންތައްކުރަމުން މަންމައަށް މަންމަ ނުކިޔަސް މައްސަލައެއް ނެތެވެ. މަންމަ ދަރިފުޅުގެ ކިބައިން މިކަމަށް މިއެދެނީ ހަމަ ދަރިފުޅަށްޓަކައެވެ. ލިބިފައިވާ މާމަދަރިންނަށްޓަކައެވެ.
ދަރިފުޅުގެ އުޅުން ގޯސްވެ ކޮންޓްރޯލުން ނެއްޓިގެން ދިއުމުން މަންމަ އޭނާއަށް ދިން އަގުހުރި ނަޞީޙަތެވެ. މިނަޞީޙަތަކީ ކޮންމެ ދެމަފިރިއަކަށްވެސް ފައިދާހުރި ނަޞީޙަތަކަށްވާތީ ޙިއްޞާކޮށްލީއެވެ.
- އެޙާލުގަ އުޅެންޖެހިފައިވާ އަންތބެއް
- މިއަދުނޫސް