ޢުމްރާ ދަތުރުތަކުގަ އެންމެ ފުރިހަމަ ޚިދުމަތެއް ދެމުން އަންނަ ޖަމާއަތެއް ކަމަށްވާ ޓްރެވެލަރ. "ދަތުރުވެރިޔާ" ޖަމާޢަތުން ސަޢުދީގެ މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝައިޚް ޢާޞިމް އަލްޙަކީމް ރާއްޖެ ގެނެސް ދަރުސްތަކެއް ދޭން ނިންމައިފިއެވެ.
އެޖަމާޢަތުން ބުނީ މިއީ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެޖަމާޢަތުން ކުރާ ޚިދުމަތެއް ކަމަށެވެ.
ޝައިޚް އާސިމް މި މަހުގެ 27 ވަނަ ދުވަހު ރާއްޖެ ވަޑައިގެން ދަރުސްތައް ފައްޓަވާނީ 28 ވަނަ ދުވަހުގެ ރޭ 8:30ގައި ކުޅުދުއްފުށި ސިޓީންނެވެ.
އޭގެ ފަހުން 29 ވަނަ ދުވަހުގެ ރޭ ދަރުސް ދެއްވާނީ މާލޭގައެވެ. އަދި 30 ވަނަ ދުވަހުގެ ރޭ ދަރުސް އޮންނާނީ އައްޑޫގައެވެ.
އަންނަ މަހު އެއް ވަނަ ދުވަހު ފުވައްމުލަކަށް ވަޑައިގެން ދަރުސް ދެއްވުމަށް ފަހު ދެވަނަ ދުވަހުގެ ރޭ ތިނަދޫގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަރުސްތަކުގައި އާންމުންނަށް ސުވާލުކުުރުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.