އޭނާއަކީ މާތަނަވަސް މީހެއް ނޫނެވެ. ނަމަވެސް އަމިއްލަ ވިޔަފާރިކުރާ މީހެކެވެ. އޭނާއަށް ލިބޭ މިންވަރުން އަނބިމިހާއަށާ އޭނާގެ ޢާއިލާއަށްވެސް ހޭދަކުރެއެވެ. ދެމަފިރިންވެސް ދިރިއުޅެމުން އައީ އުފަލުގައެވެ.
ކައިވެންޏަށް 3 ވަނަ އަހަރު އަނބިމީހާގެ އެކުވެރިންނާއިއެކު ބޭރަށް ގޮސް އުޅުމުގެ ތެރޭގައި ބައްދަލުވި މީހަކު ބުނީ އޭނާއަކީ ތަނަވަސް މީހެއްކަމަށެވެ. ފިރިމީހާ އޭނާއަށް ކުރި ހުރި ހުރިހާ ހޭދައަކަށް އަގުދައްކާފައިވެސް ކައިވެނިކުރަން ބޭނުންވާކަމަށެވެ.
އަނބިމީހާއަށް އޭނާގެ ވާހަކަ ޤަބޫލުކުރެވި އިތުބާރުކުރިއެވެ. ފިރިމީހާގެ ގާތުން ވަރިއަށް އެދުނެވެ. އަދި އޭނާއަށާއި އޭނާގެ ޢާއިލާއަށްކުރި ހުރިހާ ހޭދައަކަށް ބަދަލުދޭނެ ކަމަށްބުނެ ފިރިމީހާ އެކަން ނުކުރަން ހުއްޓައިވެސް ބޮލަށް އުނދަގޫކޮށްގެން ޚަރަދުތައް އޮޅުންފިލުވިއެވެ. ފިރިމީހާ ކިޔައިދިނީވެސް އަނބިމީހާގެ ޢާއިލާއަށް ކުރެވުނު ބޮޑެތި ހޭދަތަކެވެ. ޖުމުލަ 2.4 މިލިއަން ރުފިޔާއަށް އަރައެވެ. އަނބިމީހާ ބުނީ އޭނާ ގުޅެނީ ވަރަށް ތަނަވަސް މީހަކާ ކަމަށާއި ފަހުން ކަލަގޮވަން އެއްވެސް ކަމެއް ބާއްވަން ބޭނުން ނުވަނީ ކަމަށެވެ. އަދި އެފައިސާ ދޭނެ ކަމުގެ ޔަޤީންކަން އޭނާ ދީފައިވާ ކަމަށެވެ.
ދެމަފިރިންގެ މެދުގައި ދެކެވުނު ވާހަކަތުން އަނބިމީހާ މިހާރުވެސް އޭނާއާއިއެކު ރޭކޮށްފައިވާކަންވެސް އެނގުނެވެ. ފިރިމީހާ ވަރަށް ދެރަވިއެވެ. ނަމަވެސް އެކަން އަނބިމީހާޢަކަށް ނުއަންގައެވެ. އޭނާ އުފާވެރިކަމާ ހިތްވަރު ލިބިގަތީ އެފަދަ ނުބައި އަންތބެއްގެ ކިބައިން ސަލާމަތްވެވޭތީއެވެ. އޭނާގެ ޙަޤީޤަތް އެނގުނީތީއެވެ.
އަނބިމީހާ އޭނާގެ ލޯބިވެރިޔާއަށް ގުޅައި ފައިސާގެ ވާހަކަ ބުނިތަނުން ފޯނުކަނޑައިލީއެވެ. 3 ދުވަސްވަންދެން ތަކުރާރުކޮށް ގުޅުމުންވެސް ފޯނެއް ނުނެގިއެވެ. އެކުވެރިންގެ ގާތުގައި އެވާހަކަ ބުނިފަހުން އެކުވެރިންވެސް ފޯނެއް ނުނަގައެވެ.
މިޖެހެވުނީ ރަނގަޅު މަޅިއެއްގައިކަން އެނގުމުން ވަރަށް ދެރަވެ ފިރިމީހާގެ ކިބައިން މާފަށް އެދުމުން ބުނީ މާފުކުރަންޖެހޭ ހުރިހާ ކަމަކަށް މާފުކޮށފިން ކަމަށާއި ނަމަވެސް ދެން އިތުރަށް އެކުގައި އުޅެން ބޭނުން ނޫންކަމަށެވެ. އެދުނު ފަދައިން ވަރިކޮށްދީފިންކަމަށާއި ރަނގަޅުވާނީ އެނބުރި އަވަހަށް ގެއަށް ދިއުން ކަމަށެވެ.
އަނބިމީހާ ރޮއި ކަރުނައަޅައި އާދޭސްކުރުމުންވެސް ފިރިމީހާ އޭނާގެ ނިންމުން ބަދަލުނުކުރުމުން އަނބިމީހާއަށް ނުކުމެގެންދާން ޖެހުނީ ގެސްޓް ހައުސަކަށެވެ. އެއިގެ ފަހުން 5 އަހަރުވީއެވެ. އަދިވެސް އޭނާ އުޅެނީ ގެސްޓްހައުސްތަކުގައެވެ. ޚަރަދުކުރަނީ އެހޯދާ ގޮތަކަށް ހިލޭ ފިރިހެނުންގެ އަތުން ފައިސާ ހޯދައިގެންނެވެ.
ވަރަށް ކުރުގޮތަކަށް މިކިޔައިދިނީ އަޅުގަނޑުގެ އެކުވެރި ދެމަފިރިއެއްގެ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ ބައިވެރިޔާ ތިމާއަށް ހެޔޮކޮށްހިތައި ރިވެތި ގޮތުގައި އުޅެމުންދަނިކޮށް ދުނިޔޭގެ އެންމެ ތަނަވަސް މީހާ އެދުނަސް ބައިވެރިޔާއާއި ވަކިނުވާށެވެ. ޚިޔާނާތްތެރިވެސް ނުވާށެވެ. ނިމުން ބައްދަލުކުރާނީ މިފަދަ ގޮތަކަށެވެ.
- ޒިދުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް