"ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގެ އައު ބުރެއް މޭ 7 ގައި ފެށުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
"ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގެ އައު ބުރެއް މޭ 7 ގައި ފެށުމަށް ނިންމައިފި

މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގެ އައު ބުރެއް އަންނަ މޭ މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އަންހެނުންނަށް ބޭނުންވާ ފަންނީ ހުނަރުތައް އުނގަންނައިދިނުމަށް ހިންގާ ހާއްސަ ހަރަކާތެކެވެ. މިއަހަރުގެ ޕްރޮގްރާމްގެ ކްލާސްތައް ފެށުމަށް ތާވަލުކޮށްފައިވަނީ މޭ 7 ގައެވެ.

މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ގޭތެރޭގައި ބޭނުންކުރާ ކަރަންޓު ސާމާނަށް ދިމާވާ އާންމު މައްސަލަތައް އަމިއްލައަށް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށް ދަސްކޮށްދިނުމެވެ. މިގޮތުން، ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަކީ މި ޕްރޮގްރާމްގެ އެންމެ ބޮޑު މަގުސަދެވެ.

ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކަކީ އާންމު ދިރިއުޅުމުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ގޭތެރޭގެ މަރާމާތުތަކާއި ކަރަންޓު މަސައްކަތްތަކަށް އަންހެނުން އަހުލުވެރިވެ، މުޖުތަމައުގައި އެކަނބަލުންގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.

މިއަދު އޮންލައިން