ދަތުރުވެރިޔާ ގްރޫޕުން ޢުމްރާއަށް ދިއަ މީހެއްގެ އިޙްޞާޞްތައް-: މިފެންވަރުގެ ޚިދުމަތެއް އަދި ލިބިފައެއް ނެތް! ޖަމާއަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 27ސ
ދަތުރުވެރިޔާ ގްރޫޕުން ޢުމްރާއަށް ދިއަ މީހެއްގެ އިޙްޞާޞްތައް-: މިފެންވަރުގެ ޚިދުމަތެއް އަދި ލިބިފައެއް ނެތް! ޖަމާއަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

މިއަހަރުގެ ރަމަޟާން މަހުގެ ޢުމުރާއަށް އަޅުގަނޑު ދިއައީ ދަތުރުވެރިޔާ ގްރޫޕުންނެވެ. ފުރަތަމަވެސް ފާހަގަކޮށްލަން ބޭނުންވަނީ ބޮޑެތިކަމަށް ފަޚުރުވެރިވެ އަޑުއުފުލާ ގްރޫޕްތަކާ އެހެންވެސް ގިނަ ގްރޫޕްތަކުން މީހުންގެންދިއަ ޙާލެވެ. އެކިތަންތަނުގައި ޖައްސައި އަދި އެއްގަމު މަގުންވެސް ގެންދިއަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެއީ މިހާރު ފެށިގެން މިއުޅޭ ހަނގުރާމައިގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. ނަމަވެސް އަޅުގަނޑު ބުނެލަން ބޭނުންވަނީ ދަތުރުވެރިޔާ ގްރޫޕުން ރަމަޟާން މަހު 555 މީހުން ގެންގޮސްފައިވާއިރު އެމީހުން ދަތުރުކުރި 3 ފްލައިޓަކީވެސް ސީދާ ފްލައިޓުތައް ކަމެވެ. އެހެންވެ އިތުރު 

dhathuru veriya umrah

އެއްވެސް ތަކްލީފެއް އުފުލަންނުޖެހޭ ކަމެވެ.  

ދެން އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ ގިނަ ޖަމާޢަތްތަކަށް އެންމެ އުނދަގުވާ ކަންތަކެވެ. އެއީ ރައުޟާއަށް ވަނުމެވެ. ދަތުރުވެރިޔާ ގްރޫޕުންދިއަ އެންމެންވެސް ވަނީ ރައުޟާއަށް ވައްދައިދީފައެވެ. ސަބަހުތައް މެދުވެރިވެ ހުރަސްތައް އެޅުމުން ތަކުރާރުކޮށް ރިޒަވޭޝަން ހައްދައިދީގެންވެސް އެންމެން ވަނީ ރައުޟާއަށް ވައްދައިދީފައެވެ.

dhathuru veriya umrah

ޢުމުރާއަށް ދުނިޔޭގެ ހުރިހާ ޤައުމުތަކުން އެންމެ ގިނައިން މީހުން ޖަމާވި ދުވަސްތައް ކަމަށްވުމުން އެކަމުގެ ބައެއް އުނދަގޫތައް އިޙްޞާޞްކުރަންޖެހުނު ނަމަވެސް ގްރޫޕުން ކޮށްދޭންޖެހޭ އެއްވެސް ކަމެއް އުނިވެގެން އެއްވެސް ތަކުލީފެއް އުފުލާކަށް އަޅުގަނޑުމެންނަކަށް އަދި އަޅުގަނޑުމެންނަށް އެނގޭ މީހަކަށްވެސް ޖެހިފައެއް ނުވެއެވެ. އެންމެންވެސް ތިބީ ވަރަށް ހިތްހަމަޖެހިގެންނެވެ.  

ދެން އޮތީ ކެއުމުގެ ކަންކަމެވެ. ކާންލިބުނު އެއްޗެއްސާއި އިންތިޒާމުތަކަށް ހަމަ ސަތޭކައިން ސަތޭކައެވެ. ރަހަތައް ހަމަ ލާމަސީލެވެ.  

dhathuru veriya umrah

ދެން ބުނެލަން އޮތީ ޑިސެމްބަރު ޢުމުރާއަށް ހަމަ ދަތުރުވެރިޔާ ގްރޫޕުން ދިއަ ޢާއިލާގެ މީހެއްގެ ޥާހަކައެވެ. އޭނާ ބުނި ގޮތުގައި ޑިސެމްބަރުގެ ޢުމުރާއަށްވެސް އެންމެ ގިނަ ބައަކު ގެންދިއަ އަމިއްލަ ގްރޫޕަކީ ދަތުރުވެރިޔާ ކަމަށްވުމުންވެސް ގްރޫޕުން ދިން ޚިދުމްތައް ހަމަ ވަރަށް ފުރިހަމައެވެ. އެންމެ އުފާވީ އެންމެންނަށްވެސް ރައުޟާއަށް ވަދެވުމާއި އަދި މަދީނާގައި ބައިތިއްބި ހޮޓަލުން ނުކުމެ މަގުހުރަސްކޮށްލާފައި މަސްޖިދުއްނަބަވީއަށް ވަދެވުނު ކަމެވެ. "ދުރަށް ހިނގާކަށް ނުޖެހޭ. ޖެހެނީ ަމގުހުރަސްކޮށްލަން. އެހެންވެ އިރުއރުކޮޅާ ވަދެވަދެތިބެނީ."  

މީގެ އިތުރުން ކެއުމަށާއި ދަތުރުފަތުރުކުރުމާއި އެހެންވެސް އިންތިޒާމްތަކަށް އޭނާވެސް ހަމަ ވަރަށް ތަޢްރީފް ކުރިއެވެ. "ދިވެހި ރަހަތައްލިބުނު. ކައިއުޅުނީ ރިޒޯޓު ފެންވަރުގަ. ކިޔާއަޑުއެހިން ރިޒޯޓުތަކުގަ ބޮޑުކައްކާއިންނަށް އުޅުނު މީހުން ކައްކަން ގެންގޮސްފަ ތިބިވާހަކަވެސް."  

dhathuruveriya

އެހައި ގިނަ ބައަކު ގެންގޮސްގެން ގެންގުޅޭއިރު އެންމެން އެއްވަރަކަށް ހިތްހަމަނުޖެހިވެސްދާނެއެވެ. ނަމަވެސް ޙަޤީޤަތަކީ މިއެވެ. އެހެންވެ ބޭނުންވީ ދަތުރުވެރިޔާ ޖަމާއަތަށް އަޅުގަނޑުގެ ހިތުގެ އިޙްޞާޞްތައް ހާމަކޮށްލައި ޝުކުރު އަދާކުރާށެވެ. "ހުރިހާ ކަމަކަށް ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާ އަދިވެސް އެއްފަހަރު!"

މިއީ ދަތރުުވެރިޔާ ގްރޫޕުން ރަމަމާން މަހުގެ ޢުމުރާއަށް ދިއަ މީހަކު މިއަދުނޫހާއި ޙިއްބާކޮށްފައިވާ މައުލުމާތެވެ. މިއީ ތެދުކަން މިއަދުނޫހުގެ މުވައްޒިފުންވެސް ވަނީ ތަޖުރިބާ ކޮށްފައެވެ.

މިއަދު އޮންލައިން