ޢިބްރަތްތެރި ވާހަކަ: ކުޑައިރުންސުރެ އެންމެ އެކުގަ އުޅުނު ދައްތައަށް ތަނަވަސްފިރިއަކު ލިބުމުން އޭނާ ޖަހައިގަންނަން ހެދި ސިޙުރުޖެހި މޮޔަވި ކޮއްކޮއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޢިބްރަތްތެރި ވާހަކަ: ކުޑައިރުންސުރެ އެންމެ އެކުގަ އުޅުނު ދައްތައަށް ތަނަވަސްފިރިއަކު ލިބުމުން އޭނާ ޖަހައިގަންނަން ހެދި ސިޙުރުޖެހި މޮޔަވި ކޮއްކޮއެއްގެ ވާހަކަ-

ފިރިމީހާއަކީ ތަނަވަސް މީހެކެވެ. ކައިވެނިކޮށްގެން ދިރިއުޅެމުން ދިއައީ އުފާވެރިކަމާއިއެކުގައެވެ. ގޭގައި ނޯކަރަކުވެސް ނުގެންގުޅެއެވެ. އުޅެނީ ދެމީހުން އެކަންޏެވެ.  

އަނބިމީހާގެ ދެބެއިންގެ ދެދަރި އޭނާއާއި އެއް ޢުމުރުގެ ކުޑައިރުންސުރެ ވަރަށް އެކުގައި އުޅެވުނު އަންހެން ކޮއްކޮއަކު ކުރި އާދޭހަށް ދުވަސްކޮޅަކު ގޭގައި ބަހއްޓަން ބުނުމުން ފިރިމީހާ ފުރަތަމަވެސް ހެދީ ދެކޮޅެވެ. ބުނީ ތިއަބާވަތުގެ ކަންކަމުން އަބަދުހެން ޖެހެނީ މައްސަލަތައް ކަމަށެވެ. ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހެން ބޭނުންނުވާ ކަމަށެވެ. ފިރިމީހާ އެގޮތަށް ބުނުމުންވެސް އުޚުތާއަށް އިތުބާރުކޮށް ގެއަށް ގެނައެވެ.  

ދެތިން ދުވަހު ވަރަށް ރަނގަޅަށް އުޅެލާފައި ފިރިމީހާއާއި ދިމާކުރަންފެށިއެވެ. އެކި ގޮތްގޮތަށް ދިމާކުރުމުންވެސް އޭނާ ބުނީ އަނބިމީހާއަށް ބޭވަފާތެރިނުވާނެ ކަމަށެވެ. ހަމައެކަނި އެހެން ބުނެފައި ނިންމައިލީއެއްވެސް ނޫނެވެ. އޭނާ ފޮނުވާލަން އަނބިމީހާގެ ގާތުގައި ތަކުރާރުކޮށް ދިއައީ ބުނަމުންނެވެ.

އުޚުތާ ޖެހި އެއްވެސް މަޅިއެއްގައި އެފިރިމީހާ ނުޖެހުމުން އެގުޅި މީހަކަށްގުޅައި ކުރިކަމެއް ކުރުމާއިއެކު ފިރިމީހާ އޭނާގެ ކޮޅަށް ލެނބުނެވެ. އަނބިމީހާގެ ކުރިމަތީގައިވެސް ލޯބީގެ ކުޅިވަރުކުޅެން ފެށިއެވެ.  

އަނބިމީހާ ވަރަށް ހޭލުންތެރިއެވެ. ގެއަށް ރުގްޔާކުރާ މީހަކު ގެނެސްފައި ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން އޭނާ އެރޭ އައިސް މަސައްކަތް ފެށިއެވެ. އޭނާއައީ 3 މީހުން ސިޓިންގރޫމްގައި ތިއްބައެވެ. އޭނާ އައުމުން އަނބިމީހާ ބުނީ އޭނާއަށް ގޮތްނުއެނގޭ އުނދަގޫތަކެއްވަމުން އަންނަކަމަށާއި އޭނާއަށް ފަރުވާކޮށްދިނުމަށެވެ. އެމީހާ އެދުނީ ސޯފާގައި އޮށޯތުމަށެވެ. އޮށޯތުމާއިއެކު އެމީހާ ކިޔަވަންފެށިއެވެ.  

ކިޔަވަންފެށުމާއިއެކު އުޚުތާގެ ބަނޑު ފުފެންފެށިއެވެ. ފިރިމީހާގެ ދެލޯ ބޮޑުވެގެންދިއައެވެ. ބުނާނެ އެއްޗެއް ނުއެނގި ބަލަން އިންދާ އެމީހާ އުޚުތާއާއި ކުރި ސުވާލުތަކަށް އޭނާ ޖަވާބުދީ ނިމުނުއިރު ކަންކަން ވެގެންއުޅޭގޮތް އޮތީ ބޭޒާރުވެފައެވެ. އޭނާއަށް ޖެހުނީ ކުރިކަންތައް ކިޔައިދީ މާފަށް އެދޭށެވެ. އަދި އޭނާއަށް ރުޤްޔާކޮށްދީ ރަނގަޅުކޮށްދިނުމަށްވެސް އެދުނެވެ. ނަމަވެސް އަނބިމީހާ ބޭނުންވީ އޭނާ ގެއަށް ފޮނުވައިލުމަށެވެ.

އޭނާއަށް ޖެހުނީ އެތައް ދުވަހެއްވަންދެން އެކަމުގެ ވޭނުގައި އުޅޭށެވެ. އަބަދު އުޅެނީ އެގެފެންނަ ހިސާބުގައެވެ. އަނެކާގެ ފިރިމީހާގެ ނަމުންވެސް ގޮވައި ހަދައެވެ. އޭނާ އެކަމުން ސަލާމަތްކުރެވުނީ ޢާއިލާއިން އެތައް ދުވަހެއްވަންދެން ކުރި މަސައްކަތުންނެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މިހުރީވެސް ހިނގާފައި ހުރި ކަންކަމެވެ. ޢިބްރަތް ޙާޞިލުކުރާށެވެ! ދިރިއުޅޭގެއަށް އިތުރު މީހުން ގެނެސްގެން ގެންގުޅެން ނުވިސްނާށެވެ. އެންމެންނަށްވެސް އިތުބާރުކުރަންޖެހޭނެ ކަމަށް ބުނެވުނަސް އިތުބާރުކުރެވޭނެ މީހަކު ނެތެއް ނޫންހެއްޔެވެ؟ މިވަރުން ފިލާވަޅަކަށްވާނެ ކަމަށް ހީކުރަމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން