ހަގީގަތާ ޚިލާފު ވާހަކަ ފެތުރި ފަރާތްތަކަށް ދައުވާ ކުރާނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހަގީގަތާ ޚިލާފު ވާހަކަ ފެތުރި ފަރާތްތަކަށް ދައުވާ ކުރާނަން: ރައީސް

އޮންލައިން ނޫހަކުން ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ގުޅުވައިގެން ނެރުނު ވީޑިއޯ ޑޮކިއުމަންޓްރީގައި، ހަގީގަތާ ޚިލާފު ވާހަކަ ފެތުރި ފަރާތްތަކަށް ދައުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް ތުހުމަތުކޮށްފައިވާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

މި މައުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، "ކަނޑައެޅިގެން ދޮގު ވާހަކައެއް ތިއީ. އަދަދު ނޫހުން ތިވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެނގިވަޑައިގަންނަވާނެ ކަނޑައެޅިގެން ދޮގުވާހަކަ ހިމެނޭގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިއުތިރާފުވެވަޑައިގެންނެވީ،" ކަމަށެވެ. އަދި މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިންވެސް އެމަނިކުފާނަށް އަމާޒުކޮށް އެ ނޫހުން އެފަދަ ވީޑިއޯއެއް ހަދާފައިވާކަން ފާހަގަކުރައްވާފައެވެ. އެއީވެސް ހަގީގަތާ ޚިލާފު ވާހަކަތައް ހިމެނޭ ވީޑިއޯއެއް ކަމަށާއި، އެފަދަ ވީޑިއޯތައް އެ މީޑިއާއިން ތަކުރާރުކޮށް ހެދުމަކީ އެމަނިކުފާނު ހައިރާންވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ރައީސް ވަނީ ދޮގު ޚަބަރު ފެތުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން