ސައުދީ އަރަބިއްޔާގެ މަޝްހޫރު ދީނީ ޢިލްމު ވެރިޔާ ޝައިޚް އާސިމް އަލް ޙަކީމް ރާއްޖެ ވަޑައިގަންނަވައިފިއެވެ. ދަތުރުވެރިޔާ ޢުމްރާ ގުރޫޕްގެ ދައުވަތަކަށް ޝައިޚް ރާއްޖޭއަށް ކުރައްވާ މިދަތުރުގައި ރާއްޖޭގެ ހުރިހާ ސިޓީ ތަކެއްގެ ކައުންސިލާއި ގުޅިގެންދަރުސް ތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވ.ެ މެއި މަހުގެ 4 ގެ ނިޔަލަށް ކުރިއަށް ދާ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުން ކަމަށް ވެސް ދަތުރުވެރިޔާގެ އުމުރާ ގުރޫޕުން މަޢުލޫމާތު ދެއްވައެވެ. މި ދަތުރުގައި ޝައިޚް ދަރުސްތައް ދެއްވާނީ ކުޅުދުއްފުށި ސިޓ،ީ މާލެ ސިޓ،ީ އައްޑޫ ސިޓ،ީ ފުވައްމުލަކު ސިޓީ އަދި ތިނަދޫ ސިޓީގައެވެ. ދަތުރުވެރިޔާ ގްރޫޕުން ބުނެފައިވަނީ ކޮންމެ ދަރުހަކަށް ފަހު 15 މިނެޓް ޚާއްސަ ކޮށްފައިވަނީ ސުވާލާ ޖަވާބަށް ކަމަށާއި އަދި އެއިގެ އިތުރަށް އައްޑޫގައި މީޓް އެންޑް ގްރީޓް ސެޝަން އެއްވެސް ކުރިއަށް ދާނޭކަމަށެވެ. މިއީ ޢުމްރާ ގުރޫޕެއްގެ ދައުވަތަކަށް ރާއްޖެ އިން ބޭރުގެ ދީނީ ޢިލްމުވެރިއަކު ރާއްޖެ ވަޑައިގަންނަވައިާ އަދި މިހާ ފުޅާކޮށް ދަރުސްތަކެއް ބާއްވާ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ. ޝައިޚްގެ ދަރުސްތަކަކީ އާންމުންނަށް ހުޅުވާލެވިގެން ކުރިއަށްދާ ދަރުސްތަކެއްކަމުން ވީހާގިނަ ބޭފުޅުން ދަރުސްތަކުގައި ބައިވެރިވުމަށް ދަތުރުވެރިޔާ ޢުމްރާ ގުރޫޕްގެ ފަރާތުން ދައުވަތުއަރުވައެވެ.