އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް 3 ބޭފުޅަކު ޢައްޔަން ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް 3 ބޭފުޅަކު ޢައްޔަން ކުރައްވައިފި

އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް ތިން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ އާދަމް ޝަރީފު ޢުމަރާއި، ޠާރިޤު އިބްރާހީމް އަދި ފާޠިމަތު ދިޔާނާ ސަޢީދެވެ.

ސަރުކާރުގެ ބައެއް މަޤާމުތަކަށް ގެނައި ބަދަލުތަކާއެކު ބައެއް މަޤާމުތައް ވަނީ ހުސްވެފައެވެ. އެހެންކަމުން ސަރުކާރުން ވަނީ، މިހާރު އެފަދަ ތިން މަޤާމަކަށް ބޭފުޅުން ޢައްޔަން ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ސިލްސިލާ ގޮތެއްގައި ބާއްވަވާ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި، ކުރިން ވަޒީރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ދެ ބޭފުޅަކަށް މި މަޤާމުތައް ދެއްވުމާ ގުޅޭގޮތުން ވަނީ ތަފްސީލް ހިއްސާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޒީރުންގެ ތެރެއިން އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް ދެ ބޭފުޅަކު ޢައްޔަން ކުރައްވާފައިވަނީ، ބޭރުގެ އެކި ކޮމިޝަންތަކަށް އެބޭފުޅުން ކަނޑައެޅުއްވުމަށްޓަކައި ކަމަށެވެ. "މިއީ އިތުރަށް އުފެއްދެވި މަޤާމުތަކެއް ނޫން، މިއީ މިވަގުތު ހުސްވެފައިވާ މަޤާމުތައް" ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި ބަދަލުތަކަކީ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ވަރުގަދަކުރުމަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ ތަމްސީލުކުރުން އިތުރުކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ޢައްޔަން ކުރެއްވި ބޭފުޅުންނަކީ މީގެ ކުރިންވެސް ދައުލަތުގެ މަތީ މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅުންނެވެ.

މިއަދު އޮންލައިން