ދިފާޢީ ދާއިރާއިން ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖެ އާއި ސައުދީން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 37ސ
ދިފާޢީ ދާއިރާއިން ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖެ އާއި ސައުދީން މަޝްވަރާކޮށްފި

ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، އުޚުއްވަތްތެރި މި ދެ ޤައުމުން ދިފާޢީ ދާއިރާއިން ޤާއިމްކޮށްފައިވާ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނެވެ.

ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ތަރައްޤީއަށް ސަޢޫދީ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ސަޢޫދީ ސަރުކާރަށް ދިފާޢީ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

މިއަދު އޮންލައިން