މިނިސްޓަރ "މާރަނގަ މާރުކޭޓު" އަށް ޒިޔާރަތްކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
މިނިސްޓަރ "މާރަނގަ މާރުކޭޓު" އަށް ޒިޔާރަތްކުރައްވައިފި

މިނިސްޓަރު މުޙައްމަދު ސަޢީދު 25 އޭޕްރިލް 2026 ވަނަ ދުވަހުގެ ރޭ ކ. މާފުށީގައި ހުންނަ "މާރަނގަ މާރުކޭޓު" އަށް ޒިޔާރަތްކުރައްވައި، އެ ރަށުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ރަށުގެ އާންމު ރައްޔިތުން އިސްނަގައިގެން ކުރިއަށްގެންދާ ވިޔަފާރީގެ ހަރަކާތްތަކާއި، އެ ދާއިރާގައި ހުރި ކުރިއެރުންތައް މިނިސްޓަރު ވަނީ އަމަލީގޮތުން ބައްލަވާލައްވާފައެވެ.

މި ޒިޔާރަތަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބާޒާރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރި ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެކެވެ. މީގެ މައިގަނޑު މަގުސަދަކީ ދިވެހި ވިޔަފާރިތަކަށް އާ ފުރުސަތުތައް ހޯދައިދީ، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތައް ބާރުވެރިކުރުވައި ކުރިއެރުވުމެވެ.

މިއަދު އޮންލައިން