މިނިސްޓަރ ސަޢީދު، ޗައިނާގެ ސީޗުއާން ޕްރޮވިންސްގެ ވައިސް ގަވަރނަރާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
މިނިސްޓަރ ސަޢީދު، ޗައިނާގެ ސީޗުއާން ޕްރޮވިންސްގެ ވައިސް ގަވަރނަރާ ބައްދަލުކުރައްވައިފި

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ޗައިނާގެ ސީޗުއާން ޕްރޮވިންސްގެ ވައިސް ގަވަރނަރ ރެން އީންޑޮންގް އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ 23 އޭޕްރިލް 2026 ގައި ބައްދަލުކުރައްވައިފިއެވެ

މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ އިސްވެރިން އެކަށައެޅުއްވި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން