ވަލިއްޔުލްއަމުރުގެ ބޮލުގަ އަޅުވާ ތުހުމަތުތައް ބެލުމަށާ ޘާބިތުކޮށް ނުދެވޭނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޝައިޚް އިލްޔާސް ގޮވާލައްވައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ވަލިއްޔުލްއަމުރުގެ ބޮލުގަ އަޅުވާ ތުހުމަތުތައް ބެލުމަށާ ޘާބިތުކޮށް ނުދެވޭނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޝައިޚް އިލްޔާސް ގޮވާލައްވައިފި!

މީހުންގެ އަޚްލާގާއި އަބުރު ގެއްލޭގޮތަށް ހެޑްލައިން ހެދުމަކީ ނޫސްވެރިކަމުގެ މިނިވަން ކަމެއް ނޫން! އެއީ ގަޓު ހުރިކަމެއް ނޫން. އެއީ ފިނޑި ޢަމަލެއް. މާފު ކުރައްވާތި، ޑިމޮކްރެސީގެ ވަބާގައި މި އޮންނަނީ އޭތި ފަތުރަން. ނޫސްވެރިކަމުގެ މިނިވަންކަމެއް ނޫން އެއީކީ. މީހުންގެ އަޚްލާގާއި މީހުންގެ އަބުރާއި ޢިއްޒަތް ގެއްލޭފަދަ ގޮތަކަށް ހެޑްލައިން ހަދާލުން. އިސްލާމްދީން އައިސްފައިވަނީ 5 މަޤްސަދެއް ފުރިހަމަ ކުރުމަށްޓަކާ. އޭގެތެރެއިން އެއް މަޤްސަދަކީ މީހާގެ އަބުރާއި ޢިއްޒަތް ރައްކާތެރި ކުރުން. ﷲ ވަޙީ ކުރައްވަނީ "ޢިއްފަތްތެރި އަބުރުވެރި މީހުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާ މީހުން ދަންނާށޭ، އެމީހުން އެ ތުހުމަތު އަޅުވާކަމަށް ވަނީނަމަ 4 ހެކިން ގެންނަންޖެހޭނެއެވެ." އިސްލާމް ދީނުގައި މައިގަނޑު ގޮތެއްގައި މި އޮންނަނީ ކަމަކާއި މެދުގައި އަޅުގަނޑުމެން ދައުވާ ކޮށްފިނަމަ ދައުވާ ކުރާ މީހާ ޖެހޭނެ އޭގެ ސުބޫތު ދޭން. ސުބޫތު ނުލިބޭކަމަށް ވަނީނަމަ އޭނަ 4 ހެކިން ގެންނަންޖެހެނީ. މައިގަނޑު ގޮތެއްގައި 2 ހެކިން ތިބެނީ ކޮންމެ ކަމެއްގައިވެސް. ނަމަވެސް މީހާގެ އަބުރާއި ޢިއްޒަތް ގެއްލިގެން ދާފަދަ ތަނަކަށް ވެއްޖެނަމަ އެތަނުގައި 2 ހެކީން ނުފުދޭނެއެވެ. މިސާލަކަށް 2 މީހުންނަށް ހަމަ ލޮލުން ފެނުނު ކަމުގައި ވިޔަސް ޝަރީޢަތަށް ސާބިތެއް ނުވާނެއެވެ.

އެކަމުގައި ﷲ މި އާޔަތުގައި ވަޙީ ކުރައްވަނީ (އަރަބި) " 4 ހެކިން ނުގެނެސްފިނަމަ"، ހަމަ ލޮލުން ފެނުނީ ދެމީހުންނަށް، އެކަމަކު 4 ހެކިން ނުގެނެސްފި ނަމަ އެމީހުންގެ އެކި ބަސް ޤަބޫލު ނުކުރާށެވެ. އެފަދަ ވާހަކަތައް ދައްކާ މީހާ ތައުވާ ވާށެވެ. އަޅުގަނޑު ކަމާބެހޭ މުއައްސަސާ ތަކަށް ގޮވާލަން، މުސްލިމެއްގެ ހައިސިއްޔަތުން، ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ޤައުމުގެ ވަލީއުލް ޢަމްރުގެ ބޮލުގަ އެފަދަ ބޮޑު ޒިންމާއެއް، ތުހުމަތެއް އަޅުވާކަމަށް ވަނީނަމަ އެކަން ސާބިތު ކުރައްވާފަ، އެކަން ސާބިތު ނުކުރެވޭ ކަމަށް ވަނީނަމަ އެކަމުގަ އޮންނަ ހުކުމް ތަންފީޒު ކޮށްދެއްވުން. އެހެންނޫނިއްޔާ މި ޤައުމު ނޯއްނާނެއެވެ. މި ޤައުމަކީ ކުޅޭ ކުޅޭ ކުޅިވަރެއްގެ ގޮތުގައި އަޅުގަނޑުމެން ގެންގުޅުންޖެހޭ އެއްޗެއް ނޫނެވެ. - ޝައިޚް އިލްޔާސް ޙުސައިން

މިއަދު އޮންލައިން