"ތިއައީ ރީތި، ޒުވާން އަންހެނަކަށް ބޭނުންވެގެން އެހާރަނގަޅު އަނބިމީހާއާ ދަރިން ދޫކޮށްލި ބޮޑުމޮޔައެއް!"- ތަނަވަސް ފިރިމީހާ ދަރާވިކުނީމާ ވަކިވަމުން ޒުވާން އަނބިމީހާ ބުނިބަސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
"ތިއައީ ރީތި، ޒުވާން އަންހެނަކަށް ބޭނުންވެގެން އެހާރަނގަޅު އަނބިމީހާއާ ދަރިން ދޫކޮށްލި  ބޮޑުމޮޔައެއް!"- ތަނަވަސް ފިރިމީހާ ދަރާވިކުނީމާ ވަކިވަމުން ޒުވާން އަނބިމީހާ ބުނިބަސް!

އެއީ ވަރަށް އާދައިގެ ގޮތަކަށް ދިރިއުޅެމުން ކައިވެނިކުރި ދެމީހުންނެވެ. ދިރިއުޅުން ކުރިއަރައިދިއައީ އަނބިމީހާގެ އަނބިމީހާގެ ވިސްނުމާ ބުރަމަސައްކަތުންނެވެ. ކައިވެންޏަށް 20 އަހަރުވީއިރު ދެމަފިރިންނަކީ ތަނަވަސް ދެމަފިރިންނެވެ.  

ފިރިމީހާ އެއްދުވަހު ގެއަށް އައިސްބުނީ ބޭނުންވަނީ ކައިވެނި ރޫޅާލަން ކަމަށެވެ. ދެމަފިރިން ދިރިއުޅޭ މުސްކުޅިގެ އަނބިމީހާއަށް ކަމަށާއި ފަހުން ގަތްގެ އޭނާއަށް ކަމަށެވެ. އަދި ވިޔަފާރި ކުންފުނިވެސް އޭނާއަށް ކަމަށެވެ. އެހެން ބުނުމުން އަނބިމީހާ ވަރަށް ދެރަވެފައި ބުންޏެވެ. "އެހެންވީމާ ދިރިއުޅުން ކުރިއަރުވަން އަހުރެން މިހައިދުވަހު ކުރި ބުރަމަސައްކަތަށް އެއްވެސް އަގެއް ނުލިބުނީތާއެވެ. ހިތާވަގެން ތިއައުޅޭ ޅަކުއްޖާ އެއުޅެނީ ކަލޭދެކެ ލޯތްބަކުން ނޫނެވެ. ތަނަވަސްކަމަށް ދަހިވެތިވެގެންނެވެ. ވީމާ އަދިވެސް ވިސްނައިލއްޔާ ރަނގަޅުވާނެއެވެ."  

ޖަވާބުގައި ފިރިމީހާ ބުނީ "މުސްކުޅި އަންހެނާގެ ތަޤްރީރުތައް އަޑުއަހަން ބޭނުން ނޫން ކަމަށެވެ. މުސްކުޅި މޫނު ބަލައިބަލައި ފޫހިވެއްޖެ"ކަމަށެވެ. އެހެން ބުނެފައި ގެއިން ނުކުމެގެން ދިއައީއެވެ. އަނބިމީހާ ހިތްވަރު އެލުވައެއް ނުލައެވެ. އޭނާއަށް އުފެއްދިފައި ހުރި ގުޅުންތަކުގެ ބޭނުންހިފައި އަމިއްލައަށް މަސައްކަތްފެށީއެވެ.  

ދެމަފިރިން ވަކިވިތާ އަހަރުވީއިރު ފިރިމީހާގެ ވިޔަފާރި ހުލިވެއްޖެއެވެ. ބޭންކަށް ދަރައިވިކިއްޖެއެވެ. ގެވެސް ސަލާމަތްކުރެވޭނެ ގޮތެއް ނެތުމުން އަނބިމީހާއަށް ގަނެދީފައި ހުރި މިލިއަނުން އަގުކުރެވޭ ގަހަނާތަކުން ބައެއް ވިއްކާލަން ބޭނުންވުމުން އަނބިމީހާ ބުނީ އެންމެ އެއްޗެއްވެސް ނުވިއްކޭނެ ކަމަށެވެ. ފިރިމީހާއަށް ބުނެވުނެވެ. "ކަލޭގެ އަވާގައި ޖެހި އަނބިމީހާ ވަރިކޮށްލައި ކަލެއަށް މިހާގިނަ ޚަރަދުތައް ކުރުމުގެ ބަދަލަކީ ތިއައީހެއްޔެވެ؟ އަނބިމީހާގެ ޖަވާބަކަށްވީ "ތިއަދައްކަނީ ކަލޭކުރި އެންމެ މޮޔަކަންތަކުގެ ވާހަކައެވެ. ރީތި ޒުވާން އަންހެނަކަށް ބޭނުންވެގެން އެހާރަނގަޅު އަނބިމީހާއާއި ދަރިން ދޫކޮށްލާނީ ބޮޑުމޮޔައެއް ނޫންހެއްޔެވެ؟ ކަލޭގެ މޮޔަކަން ކަލެއަށެވެ. އަހުރެން މިދަނީއެވެ."

ކޮށިދަނޑާ ކަތިވަޅިއާ މަރްޔަމްވެސް ގެއްލުނީމާ ކުރީގެ އަނބިމީހާގެ އެހީތެރިކަން ހޯދުމުގެ ބޭނުމުގައި ގުޅީމާ ފޯނުނެގީ ދޮށީ ދަރިފުޅެވެ. ދަރިފުޅުގެ ޖަވާބަކީ ބައްޕައާ އަހުރެމެން އެކަކުވެސް ދައްކާނެ އެއްވެސް ވާހަކައެއް ނެތްކަމަށެވެ. މަންމަގެ ބޮލަށް އުނދަގޫކުރަން އިތުރަށް ނުގުޅުމަށެވެ. މީހުން ބަލަހައްޓައިދޭ ހޮސްޓެލަކަށް ގޮސް ހުރެއްޖެނަމަ ހޮސްޓެލަށް ފައިސާ ދައްކައިދޭނެ ކަމަށެވެ.  

މިޙާދިސާއަކީ އަޅުގަނޑަށް ވިސްނޭގޮތުން ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. ތިމާއަށްޓަކާ ޤުރްބާންވެގެން ދިރިއުޅުން ކުރިއަރުވައިދިނީމާ އަނބިމީހާގެ ބުރަކަށީގައި ކޮޅުފައިންޖަހާ ކޮންމެ ފިރިއަކަށްވެސް އަގުހުރި ފިލާވަޅެކެވެ.

 

- ޝަމްޝިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން