އިސްލާމީ ޔުނިވަރސިޓީގެ އިތުރު ކެމްޕަހެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އިސްލާމީ ޔުނިވަރސިޓީގެ އިތުރު ކެމްޕަހެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރަނީ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ އައު ކެމްޕަހެއް މާލެ ސަރަހައްދުގައި އިމާރާތް ކުރުމަށް އެ ޔުނިވަރސިޓީން ނިންމައިފިއެވެ. މި ކެމްޕަސް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛު އަޙުމަދު އަމީން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ޔުނިވަރސިޓީގެ ކެމްޕަސް ތަރައްޤީކުރުމަށްޓަކައި 35,000 އަކަފޫޓުގެ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ބިމުގައި ކެމްޕަސް ތަރައްޤީކުރުމަށް ބޭނުންވާ ޑިޒައިންގެ މަސައްކަތްތަކާއި، ޓެކްނިކަލް ޓީމެއް އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީން އިތުރަށް ވިދާޅުވީ، މި މަސައްކަތްތައް ނިމުމާއެކު ބޭރުގެ ބޮޑެތި ޔުނިވަރސިޓީތައް ހުންނަ ފަދަ ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. މި އައު ކެމްޕަސް ނިމުމުން، މިހާރު މާލޭގައި ހިންގަމުންދާ އެ ޔުނިވަރސިޓީގެ ބައެއް ފެކަލްޓީތައް އެތަނަށް ބަދަލުކުރުމަކީ ޔުނިވަރސިޓީގެ އުންމީދެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ތަފްސީލު ދެއްވަމުން އަމީން ވިދާޅުވީ، "އެއް އިމާރާތެއްގައި ހުރިހާ ފެކަލްޓީތަކެއް ހުރުމުގެ ބަދަލުގައި ސްޕެޝަލައިޒްޑް ފެކަލްޓީތަކަށް ވަކި އިމާރާތްތައް ހުންނާނެ ގޮތަކަށް، ދަނާލާއި ރެކްރިއޭޝަން ކަންކަމަށް ވަކި ސަރަޙައްދެއް މި އޮންނަނީ. ބޭރުގެ ޔުނިވަރސިޓީތަކާ އަޅާބަލާއިރު ނިސްބަތުން ކުޑަ ނަމަވެސް ވަކި ވަކި އިމާރާތްތައް ތަރައްޤީކުރެވޭނެކަމަށް މި ބަލަނީ."

މި އައު ކެމްޕަހާއެކު އިސްލާމީ ޔުނިވަރސިޓީގެ ކިޔަވައިދިނުމުގެ ފެންވަރު މަތިވެ، ދަރިވަރުންނަށް ބޭނުންވާ އިތުރު ވަސީލަތްތައް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން