އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެންޑަރުންނަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެންޑަރުންނަށް ހުޅުވާލައިފި

އެސްއެމްއީ ޑިޖިޓަލްގައި ވެންޑަރުންގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުރިހާ ބާވަތެއްގެ މުދަލާއި ޚިދުމަތްދޭ ފަރާތްތަކަށް ހުޅުވާލައިފިއެވެ. މިއީ މިފަދަ ފުރުސަތެއް މި ދާއިރާއިން ހުރިހާ ފަރާތްތަކަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.

އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ، މުދަލާއި ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލްގައި ވެންޑަރެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. މި ނިންމުމުގެ އެންމެ މުހިންމު ބޭނުމަކީ އެސްއެމްއީ ޑިޖިޓަލް ފައިނޭންސިން މެދުވެރިކޮށް ތަކެތި ގަތުމަށް ހުށައަޅާ ފަރާތްތަކަށް މުދަލާއި ޚިދުމަތް ހޯދޭނެ ތަންތަން އިތުރުކޮށްދީ، ލުއިފަސޭހަކަން ފޯރުކޮށްދިނުމެވެ.

ވެންޑަރުން ރަޖިސްޓްރީކުރުމަށްޓަކައި އެސްއެމްއީ ޑިޖިޓަލްގެ ވެންޑަރ ރަޖިސްޓްރޭޝަން ފޯމު މެދުވެރިކޮށް ފަސޭހަކަމާއިއެކު ރަޖިސްޓަރ ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މި ފުރުސަތަކީ ވަކި މުއްދަތެއް ނެތް ގޮތަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށްވެސް އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތުދެއެވެ.

މިހާރުވެސް ބައެއް ވެންޑަރުން ވަނީ މި ނިޒާމުގެ ދަށުން ރަޖިސްޓްރީކޮށްފައެވެ. ވެންޑަރުން ރަޖިސްޓްރީކުރުމުގެ ސަބަބުން، އޮޅުވާލައިގެން ފައިސާ ހޯދުމާއި، މުދަލާއި ޚިދުމަތް ނުލިބިގެން ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ޔަގީންކަންދެއެވެ.

މިއަދު އޮންލައިން