ހައި އެޗީވާސް ސްކޮލާޝިޕަށާއި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ހައި އެޗީވާސް ސްކޮލާޝިޕަށާއި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

2025 ވަނަ އަހަރުގެ ހައި އެޗީވާސް ސްކޮލާޝިޕަށާއި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ.

ތަޢުލީމާއި މަތީތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ސްކޮލަރޝިޕްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހަމަޖެހިފައިވަނީ "ކުރި" ޕޯޓަލް މެދުވެރިކޮށެވެ.

މި އަހަރުގެ ސްކޮލަރޝިޕް އުޞޫލަށް ސަރުކާރުން ވަނީ މުހިއްމު ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް، އެ ދަރިވަރަކު ބޭނުންވާ ކޮންމެ ދާއިރާއަކުން ތަޢުލީމު ޙާޞިލް ކުރުމުގެ ފުރުޞަތު މިހާރު ވަނީ ފަހިކޮށްދީފައެވެ. މިއީ މަތީ ތަޢުލީމު ހާސިލުކުރުމުގައި ދަރިވަރުންނަށް އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށް ގެނައި ބަދަލެކެވެ.

މީގެ އިތުރުން، ހައި އެޗީވާސް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔަވާނަމަ، ސްޓައިޕެންޑުގެ އިތުރުން ޚާއްޞަ އެލަވަންސެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. މި ބަދަލުގެ ދަށުން ސްޓައިޕެންޑުގެ އިތުރަށް 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުން ހާމަކުރެއްވި ގޮތުގައި މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލްކުރުމަށް ބާރުއެޅުމެވެ. މި ސްކޮލަރޝިޕްތަކަކީ އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ފުރުޞަތުތަކެކެވެ.

މިއަދު އޮންލައިން