ދިވެހި މަސައްކަތްތެރިންނަކީ ބުރަ މަސައްކަތެއް ކުރާ އަދި އެންމެންގެ އިޚްތިރާމް ލިބިފައިވާ ބައެއް: ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ދިވެހި މަސައްކަތްތެރިންނަކީ ބުރަ މަސައްކަތެއް ކުރާ އަދި އެންމެންގެ އިޚްތިރާމް ލިބިފައިވާ ބައެއް: ސާޖިދާ

ދިވެހި މަސައްކަތްތެރިން ވަމުންދާ ޤުރުބާނީ ބަލައިގަންނަ ކަމަށާއި، އެއީ އެންމެންގެ އިޚްތިރާމް ލިބިފައިވާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް ފޮނުއްވާފައެވެ.

ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، "ދިވެހި މަސައްކަތްތެރިންނަކީ ބުރަ މަސައްކަތެއް ކުރާ އަދި އެންމެންގެ އިޚްތިރާމް ލިބިފައިވާ ބައެއް" ކަމަށެވެ. އަދި މިއަދު މި ދުވަސް ފާހަގަކުރަމުންދާއިރު އެ ފަރާތްތަކުން ވަމުންދާ ޤުރުބާނީ ބަލައިގަންނަ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މަސައްކަތްތެރިންގެ ހިތްވަރު އަބަދުވެސް ފާހަގަކުރައްވާ ކަމަށް ވިދާޅުވެ، ރާއްޖޭގެ އަލިގަދަ މުސްތަޤުބަލެއް ބިނާކުރުމަށް މަސައްކަތްތެރިން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދު އޮންލައިން