ދަތުރުވެރިޔާ ޖަމާޢަތުން އެއްފިޔަވަޅު ކުރިއަށް ޖައްސާލައި އައްޑޫސިޓީން ސީދާ ޖިއްދާއަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދަތުރުވެރިޔާ ޖަމާޢަތުން އެއްފިޔަވަޅު ކުރިއަށް ޖައްސާލައި އައްޑޫސިޓީން ސީދާ ޖިއްދާއަށް!

ޢުމުރާ ދަތުރުތަކުގަ އެންމެ ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދެމުންނަ ޖަމާއަތެއް ކަމަށްވާ ދަތުރުވެރިޔާ ޢުމްރާ ގްރޫޕުން އެއްފިޔަވަޅު ކުރިއަށްޖައްސާލައި ޢުމުރާއަށް އައްޑޫ ސިޓީން ސީދާ ޖިއްދާއަށް ދެވޭނެ އިންތިޒާމް ހަޖަމޖައްސައިފިއެވެ.  

މިކަމަށްޓަކައި އައްޑޫސިޓީގައި އިއްޔެ ވަވީރު ވަނީ ޚާއްޞަ ރޯޑްޝޯއެއް ބާއްވައިފައެވެ. 

ފުރަތަމަ ދަތުރު އޮތީ ޖުލައިމަހުގައެވެ. 15 ދުވަހުގެ ދަތުރުގެ އަގަކީ 29،999 ރުފިޔާއެވެ. ދެވަނަ ދަތުރު އޮތީ ޑިސެމްބަރު މަހުގައެވެ. 15 ދުވަހުގެ ދަތުރުގެ އަގަކީ 29،999 ރުފިޔާއެވެ. ތިންވަނައަށް އަދި ހުޅުވާލާފައިވަނީ ރަމަޟާން މަހުގެ ދަތުރެވެ. ރަމަޟާން މަހުގެ ފަހު 15 ދުވަހާއި ޝައްވާލްމަހުގެ ފުރަތަމަ 6 ދުވަސް ލައިގެން 21 ދުވަހުގެ ދަތުރުގެ އަގަކީ 47،999 ރުފިޔާއެވެ.  

dhathuruveriya

ޖުލައި އަދި ޑިސެމްބަރު މަހު މާލެއިން މިދަތުރުތަކަށް ނަގާ އަގަކީ 28،400 ރުފިޔާކަމަށްވުމުން މިދަތުރުތަކުގެ އަގު މާލެއިން ކުރާ ދަތުރުތަކުގެ އަގު މާލެއިން ކުރާ ދަތުރުތަކުގެ އަގަށްވުރެ ކުޑަތަންކޮޅެއް ބޮޑުނަމަވެސް އައްޑޫސިޓީން މާލެ އައުމަށާއި މާލޭގައި ތިބުމަށް ކުރަންޖެހޭ ޚަރަދުތަކަށް ބަލައިފިނަމަ ހައކަހާސް ރުފިޔާއަށްވުރެވެސް ބޮޑުތަން އަގުން ހެޔޮވެގެންދާކަން ފާހަގަކުރެވެއެވެ.  

dhathuruveriya

އެޖަމާއަތުން ބުނެފައިވަނީ މިދަތުރުތަކުގައި ބޭނުންކުރާނީ މޯލްޑިވިއަންގެ ބޮޑު ފްލައިޓު ކަމަށެވެ.    

1.    ޖުލައި އުމްރާ 29,999ރ -15 ދުވަސް

2.    ޑިސެމްބަރު އުމްރާ 29،999ރ - 15 ދުވަސް

3.    ރަމަޟާން އުމްރާ 47،999ރ - ފަހު 15 ދުވަހާއި ޝައްވާލް މަހުގެ ފުރަތަމަ 6ދުވަސް (21 ދުވަސް)

 

މިއަދު އޮންލައިން