އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ ސެޝަން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހި، އެކަމަށް ބޭނުންވާ ތައްޔާރީތައް ވަމުން އަންނަކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި މުހިންމު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 4 އިން 15 އަށް ބާސެލޯ ނަސަންދުރާގައެވެ.
މި ސެޝަންގައި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި، އެކި ޤައުމުތަކުގެ އިސް ބޭފުޅުން ހިމެނޭކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އައިއޯޓީސީގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ ވަރަށް މުހިންމު ފުރުޞަތެއް ކަމަށެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަކުރައްވައެވެ.
މިފަދަ ބައިނަލްއަޤުވާމީ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތު ލިބިގެންދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި