ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި "ބޭޔަރ"ގެ ފާމަސޫޓިކަލް އުފެއްދުންތައް ރަސްމީކޮށް ރާއްޖެއަށް ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި "ބޭޔަރ"ގެ ފާމަސޫޓިކަލް އުފެއްދުންތައް ރަސްމީކޮށް ރާއްޖެއަށް ތަޢާރަފުކޮށްފި

ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެސްޓީއޯ ހެލްތު ކެއާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި "ބޭޔަރ"ގެ ފާމަސޫޓިކަލް އުފެއްދުންތައް ރަސްމީކޮށް ރާއްޖެއަށް ތަޢާރަފުކޮށްފިއެވެ.

މި އުފެއްދުންތައް ތަޢާރަފު ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތާއި، ޞިއްޙީ ދާއިރާގެ މާހިރުންނަށް އަމާޒު ކޮށްގެން ބޭއްވި ތަމްރީނު ޕްރޮގްރާމް ކުރިއަށް ދިޔައީ މާލޭގެ ހޮޓެލް ޖެންގައެވެ. މި ބައްދަލުވުމުގައި ޞިއްޙީ ދާއިރާގެ އިސް ބޭފުޅުންނާއި، ރާއްޖޭގެ ޞިއްޙީ މާހިރުންގެ އިތުރުން ބައިނަލްއަޤުވާމީ ޞިއްޙީ މާހިރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެސްޓީއޯއިން ވިދާޅުވީ، މި ރަސްމިއްޔާތުގެ މައިގަނޑު މަޤުސަދަކީ ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުންކުރާ އެންމެ ފަހުގެ އީޖާދީ ވަސީލަތްތައް ތަޢާރަފު ކުރުން ކަމަށެވެ. މިގޮތުން ހިތުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، ހޯރމޯންއަށް އަންނަ ބަދަލުތަކާ ގުޅޭ ބަލިތަކާއި އެތެރެހަށީގެ ބަލިތަކުގެ އިތުރުން އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން ހޯދިފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މައުލޫމާތު ބަދަލު ކޮށްފައިވެއެވެ.

އެސްޓީއޯ ހެލްތު ކެއާއިން ތަޢާރަފްކުރި ފަރުވާތަކަކީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުން ކުރަމުންދާ، ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ، އަދި ބަލި މީހުންގެ ފަރުވާގެ ނަތީޖާ ރަނގަޅު ކުރުމުގައި ކާމިޔާބުކަން ސާބިތުވެފައިވާ އީޖާދީ ފަރުވާތަކެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި ފަރުވާތައް ރާއްޖެއަށް ތަޢާރަފް މިކުރީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހަރުދަނާ އަދި އިތުބާރު ހުރި އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީ ކޮށްގެން ކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ބަލިމީހުންނަށް ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން