މައްކާގައި ޤާއިމު ކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް އިމްތިޠާއު ހަމަޖައްސަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
މައްކާގައި ޤާއިމު ކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް އިމްތިޠާއު ހަމަޖައްސަވައިފި

މިއަހަރުގެ ޙައްޖު މޫސުމަށް ސައުދީ އަރަބިއްޔާގެ މައްކާގައި ޤާއިމު ކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް އިމްތިޠާއު ޢައްބާސް ހަމަޖައްސަވައިފިއެވެ.

މައްކާގައި ޤާއިމުކުރާ މި އޮފީހަކީ ޙައްޖުގެ އެންމެހާ އިންތިޒާމްތައް ވިލަރެސްކޮށް ބެލެހެއްޓުމަށް ކޮންމެ އަހަރަކުވެސް ކަނޑައަޅާ، ޙައްޖު މިޝަންގެ ދަށުން ހިންގާ އޮފީހެކެވެ. ޙައްޖުވެރިންނަށް ބޭނުންވާ އެކި އެކި ޚިދުމަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި މި އޮފީހުން މުހިންމު ދައުރެއް އަދާކުރާނެއެވެ.

ޙައްޖުގެ ކަންކަމުގައި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އެންމެ އިސް ދައުރެއް އަދާކުރާނީ ޙައްޖު މިޝަންއިންނެވެ. މީގެ ތެރޭގައި ޙައްޖުވެރިންގެ ހުރުމާއި، ދަތުރުފަތުރާއި އަދި އެހެނިހެން އިދާރީ ކަންކަން ތަރުތީބުކުރުން ހިމެނެއެވެ.

މައްކާ ޙައްޖު އޮފީހުގެ ވެރިޔަކަށް އައްޝައިޚް އިމްތިޠާއު ޢައްބާސް ހަމަޖައްސަވާފައިވާއިރު، މިއަހަރު ރާއްޖޭގެ ފަރާތުން އަމީރުލް ޙައްޖުގެ ގޮތުގައި ޙައްޖުގައި ބައިވެރިވެ ވަޑައިގަންނަވާނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިން ކަމަށްވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މިއަދު އޮންލައިން