ސީއެމްޑީއޭގެ ހިންގުން ވަގުތީ ގޮތުން ފާތިމަތު އަބްދުﷲ ކަމާލުއްދީންއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ސީއެމްޑީއޭގެ ހިންގުން ވަގުތީ ގޮތުން ފާތިމަތު އަބްދުﷲ ކަމާލުއްދީންއާ ހަވާލުކޮށްފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ހިންގުން ވަގުތީ ގޮތުން އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަބްދުﷲ ކަމާލުއްދީންއާ ހަވާލުކޮށްފިއެވެ.

ސީއެމްޑީއޭގެ ހިންގުން ޑެޕިއުޓީ ސީއީއޯއާ ހަވާލުކޮށްފައިވަނީ އެ އޮތޯރިޓީގެ ސީއީއޯގެ މަޤާމުގައި ހުންނެވި މުހައްމަދު ހުސެއިން މަނިކު މިދިޔަ މަހުގެ 30 ވަނަ ދުވަހު ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ސީއެމްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނުގެ ދަށުން އައު ސީއީއޯއެއް އައްޔަން ކުރެވެންދެން، އޮތޯރިޓީ ހިންގުމުގެ ޒިންމާ ޑެޕިއުޓީ ސީއީއޯއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ސީއެމްޑީއޭގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަތް ފާތިމަތު އަބްދުﷲ ކަމާލުއްދީން އަކީ 2021 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އޮތޯރިޓީގެ ޑެޕިއުޓީ ސީއީއޯގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

މިއަދު އޮންލައިން