ރަކީދޫ އާއި ރަތްމަންދޫ އތމ ކޮމިޓީގެ އިންތިޚާބު ޖޫން 20 ގައި ބޭއްވުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރަކީދޫ އާއި ރަތްމަންދޫ އތމ ކޮމިޓީގެ އިންތިޚާބު ޖޫން 20 ގައި ބޭއްވުމަށް ނިންމައިފި

ވ. ރަކީދޫ އަދި މ. ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީގެ ގޮނޑިތައް ހުސްކޮށް އޮތުމުން، އެ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި، މި ދެ ރަށުގެ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައެއް ނުވެއެވެ. އެހެންކަމުން، އެ ގޮނޑިތަކަށް މެންބަރުން ހޮވުމަށް އަލުން އިންތިޚާބު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، މޭ 18 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 15:30 އަށެވެ. އަދި ހުކުރު ދުވަހު ނަމަ މެންދުރުފަހު 15:30 އިން ހަވީރު 18:00 އާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މިއަދު އޮންލައިން