ޢާއިޝަތު ރަފާޙް ޢަލީ
ކޮންމެ މީހަކަސްވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ކަމެވެ. ނަރަކައަށް ވަންނަން ނުޖެހޭނެ މީހަކަށްވުމަށް ކުރަން އޮތް ޢަމަލުވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ރަވާތިބު ސުންނަތް:
ރަވާތިބު ސުންނަތްތަށް ބާރައެވެ. އެއީ އެއީ މެންދުރު ނަމާދުގެ ކުރިންކުރާ ހަތަރު ރަކުޢަތާއި މެންދުރު ނަމާދުގެ ފަހުން ދެރަކުޢަތާއި މަޣްރިބު ނަމާދުގެ ފަހުން ދެރަކުޢަތާއި ޢިޝާ ނަމާދުގެ ފަހުން ދެރަކުޢަތާ އަދި ފަތިސް ނަމާދުގެ ކުރިން ދެރަކުޢަތެވެ.
ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘުކުރައްވާފައިވެއެވެ.
مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ
މާނައީ: “ރެއަކާއި ދުވާލު ސުންނަތް ބާރަ ރަކުޢަތްކޮށްފިމީހާ ދަންނައެވެ. އޭގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ގެއެއް ބިނާކުރެވެއެވެ.
އަދިވެސް ރަސޫލާ ޙަދީޘުކުރައްވާފައިވެއެވެ.
مَنْ حَافَظَ عَلَى أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَأَرْبَعٍ بَعْدَهَا حَرَّمَهُ اللَّهُ عَلَى النَّارِ
މާނައީ: "މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތާއި މެންދުރުނަމާދުގެ ފަހުން ހަތަރު ރަކުޢަތަށް ރައްކާތެރިވާމީހާ ދަންނައެވެ. އޭނާގެ މައްޗަށް ﷲ ވަނީ ނަރަކަ ޙަރާމްކުރައްވާފައެވެ."