ފުލުހުންގެ އެމަޖެންސީ ލައިނަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
ފުލުހުންގެ އެމަޖެންސީ ލައިނަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެމަޖެންސީ ނަންބަރަށާއި ހޮޓްލައިންތަކަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް، އަލުން ޚިދުމަތް ދޭން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމަޖެންސީ ލައިން 911 ގެ އިތުރުން، ހޮޓްލައިން ނަންބަރުތައް ކަމަށްވާ 3322111 އަދި 3322112 އަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު އެއްކޮށް ހައްލުކޮށްފައިވާ ކަމަށެވެ. މިހާރު އެ ނަންބަރުތަކަށް އާންމުންނަށް ގުޅޭނެ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ޚިދުމަތްތަކަށް މައްސަލައެއް ދިމާވެފައިވާކަން ފުލުހުން ހާމަކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް، އެކަން ހާމަކުރިތާ މާގިނަ އިރުތަކެއް ނުވަނީސް، ފުލުހުންގެ ޓެކްނިކަލް ޓީމުން ވަނީ އެ މައްސަލަ ހައްލުކޮށްފައެވެ.

ޚިދުމަތަށް މައްސަލަ ދިމާވި ވަގުތު، އާންމުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، ފުލުހުން ވަނީ ވަގުތީ ގޮތުން ގުޅޭނެ އެހެން ނަންބަރެއްވެސް އޭރު އާންމުކޮށްފައެވެ. ނަމަވެސް މިހާރު މައި ލައިންތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެއެވެ.

މިއަދު އޮންލައިން