އުރީދޫ މޯލްޑިވްސްއިން މިއަދު އިއުލާންކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ 'މޭ ދަ ފޯތު މަގޭ ޕްލޭން ބޯނަސް ކެމްޕޭން' ނިމުމަކަށް އަންނަނީ މިއަދެވެ. މި ޕްރޮމޯޝަންގެ ދަށުން ލިބޭ އިތުރު ޑޭޓާގެ ފައިދާ ހޯދުމަށް ކަސްޓަމަރުންނަށް އެ ކުންފުނިން ދައުވަތު ދެއެވެ.
މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕޭނަކީ ހަމައެކަނި އުރީދޫ ސުޕަ އެޕް މެދުވެރިކޮށް ކުރިއަށް ގެންދާ އެއްދުވަހަށް ވުރެ އަނެއް ދުވަހު ބޯނަސް ޑޭޓާ ގިނައިން ލިބޭ ޕްރޮމޯޝަނެކެވެ. ކޮންމެ ދުވަހަކުވެސް ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މި ކެމްޕޭންގެ ފަހު ދުވަހު، މަގޭ ޕްލޭންތަކުން 25 އިންސައްތައިގެ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. މިއީ މި ކެމްޕޭންގައި ލިބޭ އެންމެ ބޮޑު ފައިދާއެވެ.
ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ދުވަހަކުވެސް އުރީދޫ ސުޕަ އެޕް ބޭނުންކޮށްގެން އާ އޮފާތައް ބެލުމަށް ކަސްޓަމަރުންނަށް ހިތްވަރު ދީފައިވެއެވެ. މިއީ ޑިޖިޓަލްކޮށް ފަސޭހަ ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މަގޭ ޕްލޭންތަކަކީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް، ފަސޭހަކަމާއެކު ޕްލޭންތައް އިހްތިޔާރުކުރުމުގެ ފުރުސަތު ލިބޭ ޕްލޭންތަކެކެވެ. މިހާރު މި ޕްލޭންތަކާއެކު ވަގުތީ ގޮތުން އިތުރު ފައިދާތައް ލިބޭނެއެވެ.
މި ބޯނަސްގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް، ޕްރޮމޯޝަން ނިމުމުގެ ކުރިން އުރީދޫ ސުޕަ އެޕް މެދުވެރިކޮށް މަގޭ ޕްލޭންތައް އެކްޓިވޭޓް ކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރެއެވެ.