އއ. ތޮއްޑޫގައި އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
އއ. ތޮއްޑޫގައި އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އއ. ތޮއްޑޫގައި އެ ބޭންކުގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

ތޮއްޑޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލާއި، ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް އަލީ އާދަމެވެ.

އެމްއައިބީ އިން މަޢުލޫމާތު ދެއްވި ގޮތުގައި، މިއީ އެ ބޭންކުގެ ޚިދުމަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ. މި އޭޓީއެމް މެދުވެރިކޮށް ތޮއްޑޫގެ ރައްޔިތުންނަށާއި އެ ރަށުގައި ފުޅާވަމުން އަންނަ ވިޔަފާރިތަކަށް ދިވެހި ރުފިޔާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ޚިދުމަތް 24 ގަޑިއިރު ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

ތޮއްޑޫގައި މި ޚިދުމަތް ގާއިމުކުރުމަކީ އެ ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށާއި، ޚާއްޞަކޮށް ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއްކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.

އެމްއައިބީން ދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ އޭޓީއެމްތައް ބަހައްޓައި، ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ގާތަށް ގެންގޮސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު އޮންލައިން