ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދ. ކުޑަހުވަދޫ ރައްޔިތުންގެ އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓުތައް އިމާރާތްކުރުމަށް ބޭނުންވާ ބިންތައް މިނިސްޓްރީއާ ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން ކުޑަހުވަދޫ ރައްޔިތުންގެ އަމިއްލަ ގޯތީގައި 50 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ހައުސިންގ ޔުނިޓް އަޅަން ހަމަޖެހިފައިވާ 46 ބިމެއް މިހާތަނަށް މިނިސްޓްރީއާ ހަވާލުކޮށްފައިވެއެވެ.
ފްލެކްސިންކް ޕްރައިޓެޑް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 06 ނޮވެމްބަރު 2025 ގައެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ ހައުސިންގ ޔުނިޓުތަކެކެވެ.