މިހާތަނަށް އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް ހޯއްދަވައިދެއްވީ މި ސަރުކާރުން: ތަރުޖަމާނު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
މިހާތަނަށް އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް ހޯއްދަވައިދެއްވީ މި ސަރުކާރުން: ތަރުޖަމާނު

ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމަށާއި އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް ހޯއްދަވައިދެއްވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ މި ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އިސް ތަރުޖަމާނު ވިދާޅުވީ، އިންވެސްޓަރުންނަށް ބޭނުންވާ ރައްކާތެރިކަމާއި ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޚާއްޞަ ޤާނޫނެއް ވުޖޫދަށް ގެނެސް، އެއަށް އަމަލުކުރަން ފެށީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ކަމަށެވެ. މުޙައްމަދު ހުސައިން ޝަރީފް މި ޤާނޫނު ސިފަކުރެއްވީ މުޅި މި ސަރަޙައްދުގައިވެސް އެކުލަވާލެވުނު އެންމެ ފުރިހަމަ ޤާނޫނުގެ ގޮތުގައެވެ.

މީގެ ކުރިންވެސް އިންވެސްޓްމަންޓް ފޯރަމްތަކުގެ ނަމުގައި ތަފާތު ހަރަކާތްތައް ބޭއްވިފައިވާކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު މިފަދަ ފޯރަމްތައް ބާއްވަވަނީ ވަރަށް މުހިންމު މަޤުސަދެއް ހާސިލްކުރުމަށް ކަމަށެވެ. އެގޮތުން، ރާއްޖޭގެ އިގްތިސާދު ހަރުދަނާކޮށް، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯއްދެވުމަކީ މި ފޯރަމްތަކުގެ މައިގަނޑު އެއް ބޭނުން ކަމުގައި އޭނާ ވިދާޅުވިއެވެ.

އިސް ތަރުޖަމާނު އިތުރަށް ހާމަކުރެއްވި ގޮތުގައި، ދާދިފަހުން ސްރީލަންކާގައި ބޭއްވުނު އިންވެސްޓްމަންޓް ފޯރަމާއެކު، މި ސަރުކާރުން މިހާތަނަށް ރާއްޖޭން ބޭރުގެ އެކި ގައުމުތަކުގައި މިފަދަ 10 ފޯރަމެއް ވަނީ ބާއްވާފައެވެ. މި ހަރަކާތްތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތައް ދެނެގަތުމަށް މަގުފަހިވެގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ އިގްތިސާދީ ދާއިރާ ސިންދަފާތުކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށެވެ.

މިއަދު އޮންލައިން