ރައީސް އެންމެ އިސްކަމެއް ދެއްވަނީ ރާއްޖޭގެ ފަސްގަނޑު ދިފާޢުކޮށް، ގައުމުގެ އިސްތިގުލާލާއި ސިޔާދަތީ ބާރު ނެގެހެއްޓުމަށް: ދިފާޢީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ރައީސް އެންމެ އިސްކަމެއް ދެއްވަނީ ރާއްޖޭގެ ފަސްގަނޑު ދިފާޢުކޮށް، ގައުމުގެ އިސްތިގުލާލާއި ސިޔާދަތީ ބާރު ނެގެހެއްޓުމަށް: ދިފާޢީ ވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއް ދެއްވަނީ ރާއްޖޭގެ ފަސްގަނޑު ދިފާޢުކޮށް، ގައުމުގެ އިސްތިގުލާލާއި ސިޔާދަތީ ބާރު ނެގެހެއްޓުމަށް ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު ވިދާޅުވީ، ދިވެހިންނަކީ ކަނޑުގެ ދަރިން ކަމަށްވާތީ، އިންޑިއާ ކަނޑުގެ އެންމެ ޒަމާންވީ އެއް ހަޟާރަތުގެ ހައިސިއްތަތުން ދިވެހިންނަށް ހައްގުވާ މިންވަރު ހޯދުމަށް ރައީސް ގެންގުޅުއްވާ އިޚްލާޞްތެރި ނިޔަތް ހާސިލްކުރުމަށް ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދިވެހި ސިފައިން ރާއްޖޭގެ ރައްކާތެރިކަމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ކުރައްވާ ބުރަ މަސައްކަތާއި ވެފައިވާ ގުރުބާނީގެ އަގު ވަޒަންކުރުމަކީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު މަގުސަދުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސިފައިންނަކީ ހިތްވަރުގަދަ ބައެއްކަން އަމިއްލަ ތަޖުރިބާއިން ފެނިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވި ފުރަތަމަ ދުވަހުވެސް ސިފައިންގެ ހާލަތު ރަނގަޅުކުރުމަށް ރައީސް އިރުޝާދު ދެއްވިކަން ހާމަކުރައްވާފައެވެ.

"އަޅުގަނޑަށް ވަޒީރުކަން ހަވާލުކުރެއްވުމަށްފަހު ބޭއްވި އެންމެ ފުރަަތަމަ ބައްދަލުވުމުގައި ރައީސް އަޅުގަނޑާއި ދެއްކެވި ވާހަަކަފުޅު ހަނދުމައެބަހުރި. އެގޮތުން ސިފައިންގެ އޮޕަރޭޝަންތަކަށް ބޭނުންވާ އާލާތްތަކާއި، ސިފައިންގެ މަރުކަޒުތަކާއި، ބެރެކްތަކުގެ ހާލަތު ރަނގަޅުކުރުމާއި، ސިފައިންގެ ޔުނީފޯމާއި ސޭފްޓީ އިކުއޮޕްމެންޓް އާކުރަމުން ގެންދިއުމަށް ވަގުތުން ވިދާޅުވި،" ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށާއި، މަސައްކަތުގެ މާހައުލު ހަރުދަނާކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ތަކުރާރުކުރައްވާފައެވެ.

މިއަދު އޮންލައިން