ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި

ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ. މިއީ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އެކަމަނާ ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅަކީ އިންޑިއާގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ވަޒީރު އިރުތިޝާމް، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖަޔަޝަންކަރާއެކު ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުންތައް މުރާޖަޢާކޮށް، ދެ ފަރާތުގެ މަސްލަޙަތު ހުރި މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބިގެންދާނެ މުހިންމު ފުރުޞަތެކެވެ.

މި ދަތުރުފުޅުގައި އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހީމް ޒުހުރީއާއި އެސިސްޓަންޓް ޑައިރެކްޓަރ އާމިނަތު ގުރައިޝާ ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދު އޮންލައިން