އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން މޭ 24 އަދި 25 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން މޭ 24 އަދި 25 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވައިފި

2026 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، އެ އަހަރުގެ މޭ މަހުގެ 24 އަދި 25 ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، 2026 މޭ 24 ވާ އާދީއްތަ ދުވަހާއި، 2026 މޭ 25 ވާ ހޯމަ ދުވަސް ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އަޟްޙާ ޢީދުގެ ބަންދުގައި މުވައްޒަފުންނަށް މެދުނުކެނޑި ގިނަ ދުވަސްތަކެއް ލިބޭނެ ގޮތް ފަހިކޮށްދެއްވުމަށެވެ.

މި ނިންމެވުމުގެ މައިގަނޑު މަޤްޞަދަކީ، ޢީދުގެ އުފަލުގައި ޢާއިލާއާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ސަރުކާރުގެ މުވައްޒަފުންނަށް ފަހިކޮށްދެއްވުން ކަމަށް ރައީސް އޮފީހުން ބަޔާންކުރެއެވެ. މީގެ އިތުރުން، މިގޮތަށް ދުވަސްތައް ހަމަޖެއްސެވުމުން، ބަންދު ދުވަސްތައް މެދުނުކެނޑި މުވައްޒަފުންނަށް ލިބިގެންދާނެއެވެ.

އަޟްޙާ ޢީދުގެ ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވޭނީ، ކަލަންޑަރުގައިވާ ގޮތުގެ މަތިން 2026 މޭ 31 ވާ އާދީއްތަ ދުވަހުއެވެ. މި ބަދަލާއެކު، ސަރުކާރުގެ މުވައްޒަފުންނަށް ޢީދު ބަންދުގައި ދިގު ޗުއްޓީއެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން