ބާރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ސާވޭގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ބާރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ސާވޭގެ މަސައްކަތް ފަށައިފި

ހއ. ބާރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ ސާވޭގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފިއެވެ. މިއީ އަތޮޅުތެރޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދެއްވާ ޚާއްސަ ސަމާލުކަމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ސަރުކާރުގެ ބަޖެޓުން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އާރްޑީސީއާ ޙަވާލުކޮށްފައިވަނީ ޖުމްލަ 1280 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުމަށެވެ. ބާރަށު މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 26 މާރިޗު 2024 ގައެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ކާބްސްޓޯން ޖެހުމުގެ އިތުރުން ހިނގާ މީހުންނަށް ޚާއްސަ ދުވާރުތައް ހެދުން ހިމެނޭ ކަމަށް އާރްޑީސީން މަޢުލޫމާތު ދެއެވެ.

އާރްޑީސީން ބުނެފައިވަނީ މި މަޝްރޫޢު ނިމުމުން ބާރަށުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބި، ރަށުގެ މަލަމަތި ޒަމާނީވެގެންދާނެ ކަމަށެވެ. މިއީ އެ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން