ޕީއެންސީގެ ލަޝްކަރު އޮތީ ގަދަކޮށް، ބައިބައިވުމެއް ނެތް: އަބްދުއްރަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 40ސ
ޕީއެންސީގެ ލަޝްކަރު އޮތީ ގަދަކޮށް، ބައިބައިވުމެއް ނެތް: އަބްދުއްރަހީމް

ޕީއެންސީގެ މުޅި ލަޝްކަރު އޮތީ ވަރަށް ގަދަކޮށް އެކުގައި ކަމަށާއި، އެ ޕާޓީ ބައިބައިކޮށް ރޫޅާލުމުގެ ފުރުސަތެއް އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީން އަބަދުވެސް ވަކާލާތު ކުރަނީ ހައްގުގެ މަގުގައި ރައްޔިތުންގެ ހައްގުތަކަށް ކަމަށެވެ. އަދި އެ ޕާޓީގެ ފިކުރަކީ ގައުމީ ފިކުރު ކަމަށާއި، އެއީ ދީނީ ވަހުދަތާއި އެއްބައިވަންތަކަން ރައްކާތެރިކުރުމުގެ ފިކުރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“ކޮންގްރެސް ޕާޓީ މި އޮތި ގަދަކޮށް، މިއީ ބިނާ ކުރަނިވި، މިއީ ގައުމީ ފިކުރު، މިއީ އެއްބައިވަންތަކުގެ ފިކުރު، މިއީ ރަހުމަތްތެރިކަމުގެ ފިކުރު، މިއީ ދީނީ ވަހުދަތު ރައްކާތެރިކަމުގެ ފިކުރު”. އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ޖަލްސާގައި އަބްދުއްރަހީމް ވަނީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ނަޝީދާއި، ރައީސް ސޯލިހު އަދި ރައީސް ޔާމީން އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވީ އަމިއްލަ އެދުންތަކެއް ހާސިލްކުރުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި އެ ބޭފުޅުން ނޫސްވެރިންގެ ހައްގުތަކުގެ ވާހަކަ ދައްކަވަނީ ސިޔާސީ ބޭނުމެއްގައި ކަމަށްވެސް ވިދާޅުވިއެވެ.

"އިންސާނަކަށް ދިމާވާނެ އެންމެ ނުރައްކާތެރި އެއް ކަމަކީ ހަނދާން ނެތުމުގެ ބަލި ޖެހުން. އެއީ ވަރަށް ހިތާމަވެރި ބައްޔެއް،" އިދިކޮޅު ފަރާތްތަކުން ކުރިން އަމަލުކޮށްފައިވާ ގޮތްތަކަށް އިޝާރާތް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕާޓީގެ އެތެރޭގެ ބަދަހިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ޕީއެންސީގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓުންގެ އެއްވެސް ވާދަވެރިކަމެއް ނެތް ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހޮވުމަށް މުޅި ޕާޓީ އޮތީ "ކަމަރު ބަދެގެން" ކަމަށް އޭނާ ވިދާޅުވިއެވެ.

"ނެތް ވާދަވެރިކަމެއް، 2028 އަށް މިތިބީ ރައީސް ޑރ. މުއިއްޒު ހޮވަން ކަމަރު ބަދެގެން މިތިބީ، އަޅުގަނޑުމެންގެ މެންބަރުން އެއްގޮތަކަށްވެސް ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނެތް. ހާސްވެ ވަޑައިގަންނަވާނެ ކަމެއް ނެތް، އަޅުގަނޑުމެން ފޮޓޯ ނަގަކީ ރައްޔިތުންނަނަށް ދައްކާކަށެއް ނޫން. ބަލަ ރައީސް ނަޝީދު ވިދާޅުވި ނޫންތޯ، ތިމަންނަ އާއި އިބޫ އާއި ދެމީހުން ފޮޓޯއެއް ނަގާލިޔަސް، އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަމެއް ނެތޭ، ގާތް ކަމެއް ނެތޭ، އެއީ ރައްޔިތުންނަށް ދައްކާ މަންޒަރެކޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ 75 ގޮނޑި ޕީއެންސީއަށް ދިނީ ގައުމު އަނބުރާ ހޯދައި، އަސާސީ ބޭނުންތައް ފުއްދައިދީ، ގައުމުގެ މިނިވަންކަން ދަމަހައްޓަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެންކަމުން، ސަރުކާރު ދަމަހައްޓައި ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް، ރޭގަނޑާއި ދުވާލު މަސައްކަތް ކޮށްގެންވެސް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. 

މިއަދު އޮންލައިން