ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތް ހަމަޖައްސައިފި

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާ ޙައްޖުވެރިންނާއި އެ މީހުންގެ އެހީތެރިން އެއާޕޯޓަށް ދިއުމަށްޓަކައި ބަހުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ ޙައްޖުވެރިންނަށް ދަތުރުފަތުރުގެ ފަސޭހަކަން ފޯރުކޮށްދިނުމަށްޓަކައި އެ ވުޒާރާއިން އިސްނަގައިގެން ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

1447 ވަނަ އަހަރުގެ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހުކުރު ދުވަހުއެވެ. މި އިންތިޒާމުގެ ދަށުން، ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ކޮންމެ ދުވަހަކުވެސް، ފްލައިޓު ފުރާ ގަޑީގެ ފަސް ގަޑިއިރު ކުރިން ބަސް ދަތުރުތައް ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން ހުކުރު ދުވަހު ފުރާ ޙައްޖުވެރިންނަށް ޚާއްޞަކޮށްގެން ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހެނދުނު 10:30 ގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، ކޮންމެ ޙައްޖުވެރިއަކަށްވެސް އެ މީހަކަށް އެންމެ ފަސޭހަ އަދި އެންމެ ކައިރި ބަސް ހުއްޓިއެއް ޚިޔާރުކުރުމުގެ ފުރުސަތު އޮންނާނެއެވެ. މިއީ ޙައްޖުވެރިންނާއި އެހީތެރިންނަށް އެއާޕޯޓަށް ދިއުމުގައި ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޙައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބަސް ހުއްޓިތަކުގައި ޚާއްޞަ ޓީމުތަކެއް ހަރަކާތްތެރިވާނެއެވެ. މީގެ ތެރޭގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ މުވައްޒަފުންނާއި، ސްކައުޓުން، ގާލްގައިޑުން އަދި ކެޑޭޓުން ހިމެނެއެވެ. މި ޓީމުތަކުން ޙައްޖުވެރިންނަށް ބޭނުންވާ އިރުޝާދުތަކާއި އެހީތެރިކަން ފޯރުކޮށްދެމުންދާނެއެވެ.

މިއަދު އޮންލައިން