ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތް ތިން ބޭފުޅުން. ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާށޭ ކިޔާ ބޭއްވި ނޫސް ކޮންފަރެންސްގަ ވެސް ނޫސްވެރިން ސުވާލު ކުރަންޖެހުނީ މި ބޭފުޅުން އެދޭގޮތަށް. އެހެން ނޫނީ ހުއްޓުވާލީ. ޔާމީން ވެރިކަމުގައި ނޫސްވެރިޔާ ރިލްވާނާއި ޔާމީން މަރާލި ވާހަކަ ދެއްކީމަ ގޯސް. މި މަރުތަކުގެ ތަހުގީގު އިބޫ ނުކުރި ވާހަކަ ބުނީމާ ގޯސް. އަބުދުﷲ ގާޒީ ހައްޔަރު ކުރި ވާހަކަ ދެއްކުން ގޯސް. ދެން މި މީހުނަށް ހޯދައި ދެވޭނީ ކޮން މިނިވަންކަމެއްތޯ؟ އެއްބަސްވި ލިޔުމުގައި، ޝަރުޢީ ދާއިރާއާއި މަޖިލީހުގެ މިނިވަންކަމާއި،، އިގްތިސާދީ ޙާލަތު ރަނގަޅު ކުރުމާއި، ކޮރަޕްޝަން ނައްތާލުމުގެ ވާހަކަ އޮތީމާ އަންނަނީ ހިނި. އަންނިވަނީ ގާޒީއެއް ވަގަށް ނަގައިގެން ޖަލަށްލާފައި، ކޯޓުތަކުގައި ތަޅު އެޅުވި. ކޯޓުތައް އަންދާލި. ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހާލި. އެމްއެންބީސީންގެ ވައްކަމާއި ސާކް ސަމިޓްގެ ވައްކަން އެހުރީ ފެންނަން. ޔާމީންވަނީ ކޯޓުގެ ޓިނު ނަގާ ގާޒީންނަށް ބިރު ދައްކާފައި. ހ.ދަވާލިއަށް ބަލާލީމާ ދައުލަތުން ވަގަށްނެގި ފައިސާގެ ކުޑަކުޑަ މިންވަރެއް ފެންނާނެ. ބާރަ މެންބަރުން ވަކިކޮށް މަޖިލިސް ހިސޯރުކުރި. ނޫސްވެރިން ގެ އަނގަމަތީ ޓޭޕް އެޅި. ބޭބޭފުޅު ހިމެނޭ ގޮތުން އެތައް ބަޔަކު ނުހައްގުން ޖަލަށްލާ އަނިޔާކުރި. އިބޫ ޖެއްސި ގައުމު ދަރަނި ދަންތުރައެއްގައި. 60 ބިލިޔަން ރުފިޔާއިން ދަރުވާލި. ނޭވާ ހޮޅިން ވައްކަން ކުރި. ބަދަލުގެ ގޮތުގައި 2 ބިލިޔަން ރުފިޔާގެ ވައްކަން ހިންގި. ނޫސްވެރިން ގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރި. ސްޕްރީމް ކޯޓުގެ ބެންޗް އެއްކޮށް ވަކިކުރި. ހައި ކޯޓުގެ ގާޒީން ވަކިކުރި. ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ވިއްކާލި. ފޯޅަވަހި ދޫކޮށްލި - އެވެސް ފައިސާއަށް ތޯއްޗެއް. މިއީ ވެރިކަމުގެ އާރާއި ބާރު ލިބުމުން ކަންކުރި ގޮތުގެ ކުޑަ މިންވަރެއް. ދެން މި މީހުން ގައުމާއި ރައްޔިތުންނަށް ހެއު އެދޭނެ މިންވަރު ވިސްނާލައްވާ. އޮތީ ހުސް އަމިއްލަ އެދުން. --މެންބަރު ފަލާޙް https://x.com/i/status/2055341966649606152