ޙަސަދަވެރި ނުވާންވީ މިހެންވެ! ނޯކަރަށް ފިރިމީހާ ހެޔޮކޮށްހިތާތީ ޙަސަދަލައި ދެރަދޭން އުޅުނީމާ ފިރިމީހާ ގެއްލި ނޯކަރަށް ފިރިމީހާ ލިބުނު ޙާދިށާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ޙަސަދަވެރި ނުވާންވީ މިހެންވެ! ނޯކަރަށް ފިރިމީހާ ހެޔޮކޮށްހިތާތީ ޙަސަދަލައި ދެރަދޭން އުޅުނީމާ ފިރިމީހާ ގެއްލި ނޯކަރަށް ފިރިމީހާ ލިބުނު ޙާދިށާއެއްގެ ވާހަކަ-

އެއީ އެކަނިވެރި މައެކެވެ. އާމްދަނީ ހޯދަނީ ތަނަވަސް މީހެއްގެ ގޭގައި ނޯކިރީކޮށްގެންނެވެ. މަސައްކަތަށް ރަނގަޅުވެފައި ތެދުވެރިކަމުން ބޮސް އޭނާއަށް ވަރަށް ހެޔޮކޮށް ކަންކަން ކުރެއެވެ. އެކަމަށް އަނބިމީހާ ހުންނަނީ ހަސަދަވޗެރިވެގެންނެވެ. ވަޒީފާއިން ވަކިކުރާނެ ފުރުޞަތަކަށް ބަލަބަލައެވެ.  

އެއްދުވަހު ނޯކަރު ފޯނުން ދެއްކި ވާހަކަ ބޮސްއަށް އަޑުއިވުނެވެ. އުޅޭތަނުގެ ކުލި ނުދެއްތީ މުއްދަތެއް ދިނުން އެދި އާދޭސްކުރިއަޑެވެ. ބޮސް ނޯކަރު އިމްތިޙާނުކުރުމުގެ ގޮތުން އޭނާގެ އަތްދަބަހަށް އޭނާއަށް ސިއްރުން 10000 ރުޕީސްލިއެވެ. އޭނާ ކަންތައްކުރާ ގޮތްބެލުމަށެވެ.

ނޯކަރަށް އެކަން އެނގުނީ ގެއަށް ދެވުނު ފަހުންނެވެ. އެނގުމާއިއެކު ފައިސާ ހިފައިގެން އެނބުރި އެގެއަށް ދިއައިރު ބޮސް ނެތުމުން ވީގޮތް ކިޔައިދީފަ އަނބިމީހާއާ ޙަވާލުކުރިއެވެ. އަދި މިއީ އޮޅުމަކުން ވެފައި އޮތް ކަމެއް ކަމަށް ބުނެ ފިރިމިހާއާއި ޙަވާލުކޮށްދިނުމަށް އެދުނެވެ. އަނބިމީހާ އެކަން ސިއްރުކޮށް ފައިސާ ފޮރުވީއެވެ. 

އަނެއްދުވަހު ބޮސް ޢާއި ބައްދަލުވުމުން ފުރަތަމަވެސް ކިޔައިދިނީ އެވާހަކައެވެ. ފިރިމީހާ އަނބިމީހާ އާއި ސުވާލުކުރުމުން ހެދީ ދޮގެވެ. ފިރިމީހާ ވަޤުތުން ސީސީ ޓީވީގެ ފުޓޭޖް ބަލައިލުމުން ޙަޤީޤަތް އެނގުނެވެ.  

އަނބިމީހާ ބުނީ އެކަންކުރީ ވައްކަންކުރަން ނޫންކަމަށާއި ނޯކަރަށް އޮތް ޙަސަދަވެރިކަމުން ކަމަށެވެ.  ފިރިމީހާ ބުނީ ދޮގުހަދާ މީހުން ވައްކަންކުރާނެ ކަމަށެވެ. ތެދުވެރިނުވާނެ ކަމަށެވެ. ބޭވަފާތެރިވެސްވާނެ ކަމަށެވެ. އެހެންބުނެފައި ވަރިކޮށް ގެއަށް ފޮނުވައިލީއެވެ. އަދި ދުވަސްކޮޅެއް ފަހުން ނޯކަރާއި ކައިވެނިކުރީއެވެ. 

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. މިފަދަ ވާހަކަތައް ސޯޝަލް މީޑިޢާއިން ގިނަ ބައަކަށް ފެނިފައިވާނެކަންވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް މިއަދުނޫހުގެ ކިޔުންތެރިންނަށް މިޙިއްޞާކޮށްލީ ނިކަމެތިންނަށް ނޫނީ ހަމައެކަކަށްނަމަވެސް ޙަސަދަލައި ދެރަދޭން އުޅޭނަމަ އެކަން އެމީހަކާ އަރައިހަމަކުރާނެ ވާހަކަ ބުނުމަށެވެ.

އަޅުގަނޑަކީވެސް މިފަދަ ގޮތަކަށް ގެއަކުން ބޭރުކޮށްލެވުނު އަންހެނަކީމެވެ. މިވާހަކަ މިއަދުނޫހަށް ޙިއްޞާ މިކުރީވެސް އެހެންވެގެންނެވެ. އަޅުގަނޑުގެ އަތުގައި ހިފައި ލިބުނު ނިކަމެތިކަމުން ސަލާމަތްކޮށްދިނީ އަޅުގަނޑަށް އިތުބާރުކުރި އަވަށްޓެރިއެކެވެ. ނޫންނަމަ އަޅުގަނޑަށް ޖެހުނީހީ މަގުމަތިވާށެވެ. ތެދުވެރިންނަށް ﷲ އަބަދުވެސް ރަޙްމަތް ލައްވަވާނެއެވެ. އިން ޝާ ﷲ

 

- ޢާއިޝަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން