ބޮޑުތަކުރުފާނު މަގުގެ ޝީޓްޕައިލްކުރުމުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބޮޑުތަކުރުފާނު މަގުގެ ޝީޓްޕައިލްކުރުމުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ


މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ ސަރަހައްދު ޝީޓްޕައިލްކުރުމުގެ 66 އިންސައްތަ މަސައްކަތް ނިންމާލައިފިކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދާ ސެގްމަންޓް 2، 3 އަދި 4 ގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މިގޮތުން މިހާރު މަސައްކަތް ކުރަމުންދާ ސަރަޙައްދުގައި 347 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި ސެގްމެންޓްތަކުގައި ޖުމްލަ 522 މީޓަރުގެ ސަރަޙައްދެއް ޝީޓްޕައިލްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން ތަރައްޤީކުރަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެކެވެ. މީގެ ކުރިން ނިމުނު ދެ ސެގްމެންޓެކޭ އެއްގޮތަށް، މި ސަރަހައްދުވެސް ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑުކޮށް، މަގު އިތުރަށް ފުޅާވާނެ ގޮތަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ކުރިއަށްގެންދާ މި މަސައްކަތަކީ މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ މަޝްރޫޢެކެވެ. އެމްޓީސީސީއިން ދަނީ މި މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު އޮންލައިން