އެސްޓީއޯގެ އައުޓްލެޓްތަކުން ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމެއް އިފްތިތާޙްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
އެސްޓީއޯގެ އައުޓްލެޓްތަކުން ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމެއް އިފްތިތާޙްކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އައުޓްލެޓްތަކުން ވިޔަފާރި ކުރައްވާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށްޓަކައި "މައި އެސްޓީއޯ ލޯޔަލްޓީ" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އެކުންފުނިން އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ އެސްޓީއޯގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިންނެވެ.

މި ޕްރޮގްރާމަކީ މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކަށް ބިނާކޮށް، އެ ފަރާތްތަކުގެ ބައިވެރިވުމާއެކު ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. އެސްޓީއޯއިން ބުނި ގޮތުގައި މި ޕްރޮގްރާމުގައި އެންމެ ފުރަތަމަ ބައިވެރިކުރަނީ ކުންފުނީގެ ހިއްސާދާރުންނެވެ. އަދި ހިއްސާދާރުން މިހާރު މި ޕްރޮގްރާމުގައި ރަޖިސްޓަރީ ކުރެވިފައިވަނީ އެންމެ މަތީ ދަރަޖަ ކަމަށްވާ "ޕްލެޓިނަމް" ގައެވެ. ހިއްސާދާރުންނަށް މިހާރު ޝެއަރ ހޯލްޑަރ ޕޯޓަލް މެދުވެރިކޮށް ލޯޔަލްޓީ ކާޑު ކްލެއިމް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އެސްޓީއޯގެ ލޯޔަލްޓީ ޕްރޮގްރާމް މައިގަނޑު ތިން ދަރަޖައަކަށް ވަނީ ބަހާލާފައެވެ. އެއީ:

- ސިލްވަރ

- ގޯލްޑް

- ޕްލެޓިނަމް

މިއިން ކޮންމެ ދަރަޖައެއްގައިވެސް އެސްޓީއޯގެ ކަނޑައެޅޭ އައުޓްލެޓްތަކުން ވިޔަފާރިކޮށްގެން ޕޮއިންޓް ލިބޭނެއެވެ. ވިޔަފާރިކުރާ މިންވަރަށް ބަލައި ކާޑުގެ ދަރަޖަ މަތިވަމުންދާނެ ކަމަށާއި، އެއްކުރެވޭ ޕޮއިންޓްތައް ވިޔަފާރި ކުރާއިރު ފައިސާގެ ބަދަލުގައި ރިޑީމް ކުރެވޭނެ ކަމަށްވެސް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.

މިވަގުތު މި ޕްރޮގްރާމުގެ ދަށުން ޕޮއިންޓް އެއްކޮށް، ރިޑީމް ކުރެވޭނީ ތިރީގައިވާ އައުޓްލެޓްތަކުންނެވެ:

- އެސްޓީއޯ ޕީޕަލްސް ޗޮއިސް (މާލެ) - އެސްޓީއޯ ޕީޕަލްސް ޗޮއިސް (ހުޅުމާލެ) - އެސްޓީއޯ މަކިޓާ ޝޯވ ރޫމް - އެސްޓީއޯ ކޮންސްޓްރަކްޝަންސް ޝޯވ ރޫމް (ހުޅުމާލެ)

މިވަގުތު މި ޕްރޮގްރާމުގައި ރަޖިސްޓަރީ ކުރެވިފައިވަނީ ވަކިވަކި ފަރުދުންގެ ގޮތުގައި ތިބި އެސްޓީއޯގެ ހިއްސާދާރުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން