މިދިޔަ ޖެނުއަރީމަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
މިދިޔަ ޖެނުއަރީމަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މިދިޔަ ޖެނުއަރީ މަހު ބޭއްވި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އަދި ކެމްބްރިޖް އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު މެންދުރު 12:00 އިން ފެށިގެން ދަރިވަރުންނަށް ނަތީޖާ ދޫކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ޑީޕީއީ އިން ބުނީ ނަތީޖާ ބަލައި ދަރިވަރުގެ ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، ދަރިވަރުގެ އައިޑީކާޑުގެ އިތުރުން ނަތީޖާއާ ހަވާލުވާންދާ މީހާގެ އައިޑީކާޑުވެސް ގެންދަން ޖެހޭނެ ކަމަށެވެ. މިއީ ނަތީޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަމަލުކުރާ އުސޫލެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މި އިމްތިހާނުގައި މުޅި ރާއްޖެއިން ޖުމްލަ 8,218 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިފަހަރުގެ އިމްތިހާނު ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަ 267 ސެންޓަރެއްގައެވެ. މީގެ ތެރޭގައި މާލޭގައި ގާއިމްކުރި 21 ސެންޓަރަކާއި، އަތޮޅުތަކުގެ އެކި ރަށްރަށުގައި ގާއިމްކުރި 246 ސެންޓަރު ހިމެނެއެވެ.

މިއަދު އޮންލައިން