ކުރީސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ދައްކައި ހަލާސްކުރެވުނީ ދައުލަތުގެ މާލީ އަދި ހިންގުމުގެ ނިޒާމަށް މިސަރުކާރުން ގެނައި ހަރުދަނާ އިސްލާހުތަކުގެ ސަބަބުން: ވަޒީރު މޫސާ ޒަމީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކުރީސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ދައްކައި ހަލާސްކުރެވުނީ ދައުލަތުގެ މާލީ އަދި ހިންގުމުގެ ނިޒާމަށް މިސަރުކާރުން ގެނައި ހަރުދަނާ އިސްލާހުތަކުގެ ސަބަބުން: ވަޒީރު މޫސާ ޒަމީރު

ނިމިދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ދައްކައި ހަލާސްކުރެވުނީ ދައުލަތުގެ މާލީ އަދި ހިންގުމުގެ ނިޒާމަށް މިސަރުކާރުން ގެނައި ހަރުދަނާ އިސްލާހުތަކުގެ ސަބަބުންކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހަނގުރާމައާ ގުޅިގެން ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުމަށް އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރަނި އަދާނުކުރެވިދާނެކަމުގެ ބިރުވެރިކަން ކަމަށެވެ. ނަމަވެސް ދެމެހެއްޓެނެވި މިންގަނޑެއްގައި ދަރަނި ހިފެހެއްޓުމަށްޓަކައި ސަރުކާރުން ގެނައި މާލީ އަދި ހިންގުމުގެ ބޮޑެތި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ ދަރަނީގެ ބޮޑު މިންވަރެއް މިހާރު ދައްކައި ޚަލާސްކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، "މިދިޔަ ދުވަސްތަކުގައި 2023 އާ ހިސާބަށް އައިއިރު އަޑުއިވޭނެ ރަނގަބީލު އަޅަނިއްޔޭ، އެ ފައިސާއެއް މި ފައިސާއެއް ނުދެއްކޭނޭ. އެކަމަކު ހަރަދުތައް ރޭޝަނަލައިޒްކޮށް އިގުތިސާދީ އެޖެންޑާއެއް ގެންގުޅެ ހަރުދަނާ ބަދަލުތަކެއް ގެނެވުނީމާ އޭގެ ނަތީޖާއަކީ ހަގީގަތުގައި ދަރަނިތައް ދައްކައި، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދުވަހުން ދުވަހަށް ދީ މިކަންކަން ކުރެވުން،" ކަމަށެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ދައުލަތުން ދަރަންޏެއް ނަގަންޖެހިއްޖެ ހާލަތެއްގައިވެސް، އެ ދަރަނި އަދާކުރެވޭނެ ހަރުދަނާ އިންތިޒާމުތަކާއި ޕްލޭންތަކެއް އެކުލަވައިލުމަށްފަހު ނޫނީ ދަރަނި ނުނަގާނެކަމުގެ ޔަގީންކަން މާލީ ވަޒީރު ވަނީ ދެއްވާފައެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މިއަދު އޮންލައިން