ސްޓޭޓްފާމާ ކުންފުނީގެ ފުރަތަމަ ބޭސްފިހާރަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ސްޓޭޓްފާމާ ކުންފުނީގެ ފުރަތަމަ ބޭސްފިހާރަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހުޅުވައިފި

ސްޓޭޓްފާމާ ކުންފުނީގެ ފުރަތަމަ ބޭސްފިހާރަ ސަރުކާރުގެ މައި ހޮސްޕިޓަލުކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި މިއަދު ހުޅުވައިފިއެވެ. މިއީ އެ ކުންފުނީގެ ދަށުން ހުޅުވުނު ފުރަތަމަ ބޭސްފިހާރައެވެ.

އެ ކުންފުނިން މީޑިޔާއާ ހިއްސާކުރި މެސެޖެއްގައި ބުނީ "ސްޓޭފާމާ އައިޖީއެމްއެޗް ފާމަސީ"ގެ ނަމުގައި އަލަށް ހުޅުވި މި ބޭސްފިހާރަ ގާއިމުކޮށްފައިވަނީ އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި ކަމަށެވެ. މިއީ ފެންވަރު ރަނގަޅު ބޭސް ފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގައި ހާސިލުކުރެވުނު މުހިއްމު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.

ބޭސްފަރުވާގެ ހިދުމަތް ދަތިކަމެއް ނެތި މެދުނުކެނޑި ރައްޔިތުންނަށް ލިބެމުންދާކަން ކަށަވަރުކުރުމުގެ ގޮތުން، މި ބޭސްފިހާރައަކީ 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، އެތަނުގައި ރާއްޖެއިން ބޭރުން ބޭސް ހޯދައިދިނުމުގެ ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނާނެ ކަމަށްވެސް ސްޓޭޓް ފާމާއިން މައުލޫމާތު ދެއެވެ.

މިއަދު އޮންލައިން