އަވަސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއަ ގައިދީއަކު ފިލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
އަވަސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއަ ގައިދީއަކު ފިލައިފި

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު، އަވަސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް ފިލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ގައިދީއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދެއެވެ.

މި ހާދިސާއާ ގުޅިގެން ކަރެކްޝަންސްއިން ހޯދަމުން އަންނަނީ ލ. މާބައިދޫ، ޝަބްނަމް ހައުސް، ޙުސެއިން ޝަޙްބާން އެވެ. އޭނާ ފިލާފައިވަނީ ހޮސްޕިޓަލުގެ އިމަޖެންސީގައި ފަރުވާ ދިނުމަށް ގެންދިޔަ ވަގުތުގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވި ގޮތުގައި ޝަޙްބާން ހޯދުމުގެ މަސައްކަތް މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ފަށާފައެވެ. ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން އޭނާ ހޯދުމަށް ފުޅާ ދާއިރާއެއްގައި އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ.

އެ އިދާރާއިން ވަނީ ޝަޙްބާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި އެކަން ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސްއިން އަދި ހާމައެއް ނުކުރެއެވެ.

މިއަދު އޮންލައިން