ދިފާޢީ ދާއިރާއިން ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ދިފާޢީ ދާއިރާއިން ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ދިފާޢީ ދާއިރާއިން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މިއަދު ރަސްމީކޮށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކް ލޯވ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ދިފާޢީ އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ.

ވަޒީރު ޙަސަން ރަޝީދު ވަނީ ރާއްޖޭގެ ދިފާޢީ ޤާބިލިއްޔަތުކަން އިތުރުކުރުމަށް އިނގިރޭސިވިލާތުން ދެމުންގެންދާ އެހީތެރިކަމާއި ކުރަމުންދާ މަސައްކަތްތަކަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.

މިއަދު އޮންލައިން