ކުރީ ޒަމާނުގައި އޮތް އަތޮޅު އޮފީސްތައް އިއާދަކުރުމުގެ ވިސްނުމެއް ނެތް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ކުރީ ޒަމާނުގައި އޮތް އަތޮޅު އޮފީސްތައް އިއާދަކުރުމުގެ ވިސްނުމެއް ނެތް: ރައީސް

ކުރީ ޒަމާނުގައި އޮތް އަތޮޅު އޮފީސްތައް އިއާދަކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަތޮޅުތަކުގައި ގާއިމުކުރާ އޮފީސްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ އޮފީސްތަކަށް "އެލްޖީއޭގެ އަތޮޅު އޮފީސް" ނަމުން ނަން ދިނުމަށް ލަފާ އެރުއްވީ އެ އޮތޯރިޓީން ނަންތައް ހުށަހެޅުމުން ކަމަށެވެ. އަދި އެތަންތަން ހިންގުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ސީދާ އެލްޖީއޭގެ ބެލުމުގެ ދަށުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އަތޮޅުވެރިން ނުވަތަ ގަވަރުނަރުން ފަދަ ސިޔާސީ ބޭފުޅުން އެ އޮފީސްތަކަށް އައްޔަން ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަތޮޅުވެރިއަކު އައްޔަން ކުރުމާއި އަތޮޅު ކައުންސިލަރެއް އިންތިޚާބު ކުރުމާ ދެމެދު މާ ބޮޑު ތަފާތެއް ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "ސިޔާސީ ވެރިން ލާންވެއްޖެއްޔާ ކޮބައިތޯ އޭގެ ބަދަލަކީ. އެނޫނިއްޔާ ހަމަ ކުރިން އޮތްގޮތަށް އަތޮޅު ކައުންސިލް ރައީސްވެސް ހޮވައިގެން ބަހައްޓަންވީނޫންތޯ،" މިފަދައިންނެވެ. އެހެންކަމުން އެ އޮފީސްތަކަކީ އިދާރީ ގޮތުން އެލްޖީއޭގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އުފައްދާ ތަންތަން ކަމަށް ރައީސް ވަނީ ސާފުކޮށްދެއްވާފައެވެ.

މިއަދު އޮންލައިން